އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/08/2020

އޭޓީއެފް އިން އައިޖީއެމްއެޗަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފި

އޭއެފްޓީ އިން ބުނީ އެ މެޝިނާ އެކު، ކޮވިޑް-19 އިން ރާއްޖެ އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/08/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އަލިފުޅު ތުއްތު ފައުންޑޭޝަނުން 940،000 ޑޮލަރު (14.49 މިލިއަން ރުފިޔާ)ގެ ޕީސީއާރު މެޝިނެއް އައިޖީއެމްއެޗަށް ހަވާލުކޮށް އިންސްޓޯލްކޮށްދީފި އެވެ.

ޕާކިންޕާމާ ބްރޭންޑުގެ ޕީސީއާރް މެޝިނެއް ހަދިޔާކުރުމާ ގުޅިގެން، އައިޖީއެމްއެޗުން ވަނީ އޭފްޓީ ފައުންޑޭޝަނަށް ޝުކުރު އަދާކޮށްފަ އެވެ. އެ ތަކެތި އައިޖީއެމްއެޗާ ހަވާލުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އޭއެފްޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މެޝިނާ އެކު، ކޮވިޑް-19 އިން ރާއްޖެ އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

ޕީސީއާރް މެޝިނަކީ ފަސޭހަކަމާ އެކު ޑީއެންއޭ ނުވަތަ ޑީއެންއޭގެ ބައެއް ޑުޕްލިކޭޓްކުރަން ބޭނުންކުރާ މެޝިނެކެވެ. ވަރަށް ކުޑަ ސާމްޕަލްއެއް ބޭނުންކޮށްގެން ވެސް ގިނަ ޑުޕްލިކޭޓްތަކެއް އެ މެޝިނުން ހެދެ އެވެ. މިއީ ހޮސްޕިޓަލްތަކުގެ މެޑިކަލް ލެބްތަކުގަ އާއި ރިސާޗް ލެބްތަކުގައި އާންމުކޮށް ބޭނުންކުރާ ބާވަތުގެ މެޝިނެކެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަރުހޫމް މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ހަނދާނުގައި ހައިރާތު ކުރުމަށް އޭނާގެ ކާފަ ދަރިފުޅު ކާރިން އަފީފުގެ އިސްނެގުމުގެ މަތީން އުފެއްދި ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން ވަނީ ދިވެހި ދަަރިވަރުން ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރަށް ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތައް ވެސް ބިނާކޮށްދީފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ