އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/08/2020

ރަޝިޔާ އިން ތައްޔާރުކުރި ވެކްސިންއާ މެދު އަންނަނީ މަޝްވަރާ ކުރެވެމުން- ޑަބްލިޔުއެޗްއޯ

ރަޝިޔާއިން މިވެކްސިން ތައްޔާރުކޮށްފައިވަނީ އިންސާނުންނަށް ޓެސްޓު ކުރަން ފެށިތާ އެންމެ 2 މަސް ދުވަސް ފަހުންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/08/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރަޝިޔާ އިން ތައްޔާރުކުރި ކޮރޯނާވައިރަސް ވެކްސިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މިންގަޑުތަކަށް ފެތޭތޯ ބެލުމަށް އެޖަމިއްޔާ އާއި ރަޝިޔާގެ ސިއްހީ އިދާރާތަކުން މަޝްވަރާކުރަމުން އަންނަ ކަމަށް ޑަބްލިޔުއެޗްއޯ އިން މިއަދު ބުނެފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑަމިރް ޕުޓިން ވަނީ ކޮރޯނާވައިރަސް ވެކްސިންއެއް ތައްޔާރުކޮށް ބޭނުންކުރުމަށް ހުއްދަ ލިބުނު ފުރަތަމަ ޤައުމުގެ ގޮތުގައި ރަޝިޔާ ފާހަގަކޮށް އެކަން މިއަދު އިއުލާނުކުރައްވާފައެވެ.

ރަޝިޔާއިން މިވެކްސިން ތައްޔާރުކޮށްފައިވަނީ އިންސާނުންނަށް ޓެސްޓު ކުރަން ފެށިތާ އެންމެ 2 މަސް ދުވަސް ފަހުންނެވެ. މިއީ ރަޝިޔާ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި އެޤައުމުން ފާހަގަކުރެއެވެ.

"ޑަބްލިޔުއެޗްއޯގެ މިންގަޑުތަކަށް ވެކްސިން ފެތޭތޯ ބެލުމުގެ ގޮތުން ކުރެވެން އޮތް ކަންކަމާ ބެހޭގޮތުން ރަޝިޔާގެ ސިއްހީ އިދާރާތަކާއި މިއަންނަނީ މަޝްވަރާ ކުރެވެމުން." ޑަބްލިޔުއެޗްއޯ އާއި ހަވާލާދީ ޓަރިކް ޖަސަރެވިކް ވިދާޅުވިއެވެ.

ނަމަވެސް މިންގަޑުތަކަށް ފެތޭތޯ ޔަޤީން ކުރުމަށް ގިނަ ތަހްލީލުތަކެއް އަދިވެސް ކުރިއަށް ގެންދަންޖެހޭނެ ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ވަނީ ފާހަގަކޮށްފައެވެ.

މިހާތަނަށް ދުނިޔޭގައި 20.3 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 740،000 މީހުން ވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ