އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 04/08/2020

ކޮވިޑް-19 މުޅިން ފެތުރުން ހުއްޓުވުމަށް ވަކި ހައްލެއް އަދިވެސް ނުފެނޭ- ޑަބްލިޔުއެޗްއޯ

އަދި މިވައިރަސް ހުއްޓުވުމަށް އެންމެ ހައްލަކުން ނުފުދޭނެކަމަށްވެސް އެޖަމިއްޔާއިން ބުންޏެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 04/08/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް މުޅިން ހުއްޓުވުމަށް ވަކި ހައްލެއް އަދިވެސް ފެނިފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ. އަދި މިވައިރަސް ހުއްޓުވުމަށް އެންމެ ހައްލަކުން ނުފުދޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19 އަކީ ޕެންޑެމިކްއެއް ކަމަށް އިއުލާނުކުރިތާ 6 މަސް ފުރުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޑރ. ޓެޑްރޮސް ވިދާޅުވީ، މިވަގުތު ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ ކަންކަމަކީ އާއްމު ސިއްހަތާއި ބަލި ކޮންޓްރޯލް ކުރުމުގެ ބައިތައް ކަމަށެވެ. އޭގެ ތެރޭގައި ޓެސްޓުކުރުމާއި، ބަލިވާ މީހުން އެކަހެރިކޮށް ފަރުވާ ދިނުމާއި، ކޮންޓެކްޓް ޓްރޭސިންގް މަސައްކަތް ކުރުމަށްފަހު ޑިރެކްޓް ކޮންޓެކްޓުން ކަރަންޓީނު ކުރުން ހިމެނެއެވެ.

އަދި މިނުރައްކާތެރި ބައްޔާއި ދެކޮޅަށް ތަފާތު ވެކްސިންތައް ބާޒާރަށް ނިކުތް ކަމުގައިވިނަމަވެސް ޤައުމުތަކުން އިތުރު ފިޔަވަޅުތައް ނަގަން ޖެހިދާނެކަމަށްވެސް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. މީގެ ތެރޭގައި ގައިދުރުކުމަށް ބާރުއަޅާ މާސްކް އެޅުމަށް ހިތްވަރު ދިނުން އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް 18.4 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 700،000 މީހުންވަނީ މިބަލީގައި މަރުވެފައެވެ. 

ޑަބްލިޔުއެޗްއޯ އިން ވަނީ ޖުލައި 31 ވަނަ ދުވަހު 6 ވެކްސިނެއްގެ ތަހުލީލުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ. މި 6 ވެކްސިންވެސް މިހާރު ވަނީ ފޭސް 3 ގައެވެ. މިއީ ވެކްސިންގެ ސަބަބުން ބަލި ޖެހުމުން ރައްކާތެރިކޮށްދޭތޯ ޓެސްޓު ކުރާ ފޭސް އެވެ.

ޑރ. ޓެޑްރޮސް ވަނީ ބައެއް ޤައުމުތަކުގައި ކޭސްތައް އަލުން އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. އަދި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ