އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/07/2020

ތިރީސް ހާސް ވޮލިންޓިއަރުންނާއެކު ކޮރޯނާވައިރަހުގެ ފަހު ޓެސްޓު ޝޮޓްތައް ދެނީ

އެހެންނަމަވެސް އުފައްދާ މި އެކްސްޕެރިމެންޓަލް ވެކްސިން ކާމިޔާބު ވާނޭ ކަމާއިމެދު އޮތް ގެރެންޓީ ވަރަށް ކުޑައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/07/2020

Vaccine Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮވިޑް-19ގެ ދިރާސާ އަންނަ ހޯމަ ދުވަހު ބާއްވާގޮތަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އެގޮތުން ކޮރޯނާވައިރަހާއި ދެކޮޅަށް އުފައްދާ ވެކްސިނުގެ ފައިނަލް ޓްރައަލް ނިންމުމަށްޓަކައި މި ދިރާސާގައި ޖުމްލަ 30،000 ވޮލިންޓިއަރުންނަށް ވެކްސިނުގެ ޓެސްޓު ޝޮޓްތައް ދިނުމަށް އެމެރިކާ ސަރުކާރުން މިހާރު ގެންދަނީ ތައްޔާރީތައް ވަމުންނެވެ.

އެހެންނަމަވެސް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު އަދި މޮޑެރްނާ އިންކް ކުންފުނިން އުފައްދާ މި އެކްސްޕެރިމެންޓަލް ވެކްސިން ކާމިޔާބު ވާނޭ ކަމާއިމެދު އޮތް ގެރެންޓީ ވަރަށް ކުޑައެވެ.

ޓެސްޓް ޝޮޓް ދިނުމުގެ މަރުހަލާ:

ހޯމަ ދުވަހު އެތައް ހާސް ވޮލިންޓިއަރުންނަށް ޓެސްޓު ޝޮޓް ދިންނަމަވެސް މި ޝޮޓްތައް ސައިންސްވެރިން ދެމުންގެންދާނީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. އެގޮތުން ޓެސްޓް ޝޮޓް ޖަހާ އެއްވެސް ބައިވެރިއަކަށް އެމީހެއްގެ ގަޔަށް ޖަހަނީ އަސްލު ޓެސްޓް ޝޮޓުކަން ނޫނީ އެއާއި ވައްތަރު އެހެން ޝޮޓެއްކަން އޮންނާނީ ސިއްރުކުރެވިފަ އެވެ.

މި ޓެސްޓު ޝޮޓުގެ ދެ ޑޯޒު ހަމަކުރުމަށްފަހު ސައިންސްވެރިން ވޮލިންޓިއަރުންގެ ހަރަކާތްތައް ވަރަށް ކައިރިން ޓްރެކް ކުރާނެއެވެ. އެގޮތުން އެމީހުންގެ އާންމު ދިރިއުޅުމުގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް އިންފެކްޝަންގެ އަސަރުކުރާ ގްރޫޕެއް ސައިންސްވެރިން ޓްރެކް ކުރާނެ އެވެ.

"ނަސީބުދެރަކަމުން އެމެރިކާގައި މި ވައިރަސް ޖެހިފައި ތިބި މީހުން ވަރަށް ގިނަ." ދަ އެސޯސިއޭޓެޑް ޕްރެސްއަށް ދާދިފަހުން އެންއައިއެޗްއެސް ގެ ޑރ. އެންތަނީ ފައުޗީ ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން ވަނީ އެޤައުމުގައި ކޮވިޑް-19އަށް ވެކްސިން އުފެއްދުމަށް ބޮޑު ފަންޑެއްވެސް ކަނޑައޅާފައެވެ. އަދި ވެކްސިންގެ ޓެސްޓު ޓްރައަލްގައި ބައިވެރިވާ ވޮލަންޓިއަރުން ހޯދުމަށްވެސް އެޤައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއެވެ.

މި ބޮޑު ދިރާސާގެ މަޤްސަދަކީ ހަމައެކަނި ވޮލަންޓިއަރުންނަށް ދޭ ޓެސްޓު ޝޮޓްތައް މަސައްކަތްކުރޭތޯ ބެލުން އެކަންޏެއް ނޫނެވެ. އޭގެއިތުރުން ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުން ވެސް މީގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ. އަދި އެއް ދިރާސާއަކުން ކުރިއަށް ދިއުމުގެ ސަބަބުން ސައިންސްވެރިންނަށް ހުރިހާ ޝޮޓްތަކެއް އަޅާކިއުމަށްވެސް ފަސޭހަ ވާނެއެވެ.

މީގެއިތުރުން އަންނަ އޮގަސްޓް މަހުގައި އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއިން އުފައްދާ ވެކްސިންގެ ފައިނަލް ދިރާސާ ކުރާނެއެވެ. އަދި ޖޯންސަންސް އެންޑް ޖޯންސަންސް އިން އުފައްދާ ވެކްސިނުގެ ފައިނަލް ދިރާސާ ސެޕްޓެމްބަރުގައި ކުރާއިރު، ނޮވާވަކްސް އިން އުފައްދާ ވެކްސިނުގެ ފައިނަލް ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރުގަ އެވެ. އަދި ހުރިހާކަމެއް ޝެޑިއުލް އާއި އެއްގޮތަށް ދާނަމަ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޕީފިޒަރ އިންކް އިން ހަދާ ވެކްސިންގެ ފަހު ދިރާސާ އޮގަސްޓް ހިސާބުގައި ކުރާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ