އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 27/07/2020

ކޮވިޑް-19 ކޭސްތައް ފާއިތުވި 6 ހަފްތާ ތެރޭ ދެގުނައަށް އިތުރުވެއްޖެ: ޑަބްލިޔުއެޗްއޯ

މިހާތަނަށް 16 މިލިޔަން ކޭސް ވަނީ އދ. ގެ ސިއްހަތާއި ބެހޭ އެޖެންސީއަށް ރިޕޯޓު ކުރެވިފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 27/07/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި، ފާއިތުވި 6 ހަފްތާ ތެރޭ ކޭސްތައް ދެގުނައަށް އިތުރުވެއްޖެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ މިހާތަނަށް 16 މިލިޔަން ކޭސް ވަނީ އދ. ގެ ސިއްހަތާއި ބެހޭ އެޖެންސީއަށް ރިޕޯޓު ކުރެވިފައި ކަމަށެވެ. އަދި މީގެ ތެރެއިން 640،000 މީހުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ސަބަބުން ދުނިޔެ ވަނީ ބަދަލުވެފައި. އޭގެ ސަބަބުން މީހުންނާއި ޤައުމުތައް ވަނީ އެއްބައިވެފައި- އަދި ބައިބައިވެސް ވެފައި." ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ޓެޑްރޮސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެޑްރޮސް ވަނީ ބައެއް ޤައުމުތަކުން އަމަލުކޮށްފައިވާ ގޮތަށް ތައުރީފް ކުރައްވާފައެވެ. އަދި މިފަދަ ޤައުމުތަކުން ބޭނުންކުރި ބައެއް އުކުޅުތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ނަގާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ތަމްރީން ދިނުން އިތުރުކުރުމާއި، ޓެސްޓުކުރުން އިތުރުކޮށް ސާފުތާހިރުކަމަށް ސަމާލުކަންދިނުން، އަދި ގައިދުރު ކުރުމަށް ޤަވާއިދުތައް ހެދުން ހިމެނެއެވެ.

ދުނިޔޭގައި މިފަދަ ފިޔަވަޅުތައް ކާމިޔާބު ކަމާއެކު ނަގާފައިވާ ހިސާބުތަކުގެ ތެރޭގައި އިޓަލީ، ސްޕެއިން، ސައުތު ކޮރެއާ، އަދި މުމްބައިގެ އަވަށެއް ކަމަށްވާ ދަރަވީ ޓެޑްރޮސް ފާހަގަ ކުރެއްވިއެވެ.

ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު އަނެއްބައި ޤައުމުތަކުގައި ކުރިން ނެގި ފިޔަވަޅުތައް ލުއިކުރުމާއި ވިދިގެން ކޭސްތައް އިތުރުވާކަން ރިޕޯޓުކުރެވިފައިވެއެވެ. ޓެޑްރޮސް ވިދާޅުވަނީ މިޕެންޑަމިކް ހުއްޓުވުމަށް ބޭނުންވަނީ ހަރުދަނާ ވެރިންނާއި، ޤައުމީ އެއްބައިވަންތަކަމަށެވެ.

މިހަފްތާ ބުރާސްފަތި ދުވަހު ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކޮމިޓީއާ ޓެޑްރޮސް ބައްދަލުކުރައްވާނެއެވެ. އެއީ ޖެނުއަރީ 30 ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިތާ 6 މަސް ދުވަސް ވުމުންނެވެ. މިކޮމިޓީއިން ކޮވިޑް-19 ޕެންޑެމިކް އާއި ދޭތެރޭ ނަގަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން ޓެޑްރޮސް އަށް ލަފާދޭނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަމާބެހޭ ފަރާތްތަކާއި އެކު އެންމެ ފަގީރު ޤައުމުތަކަށާއި ހިސާބުތަކަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ