އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/07/2020

ފަސް ދުވަހުން އެއް މިލިޔަން މީހުންނަށް ކޮރޯނާވައިރަސް ޖެހި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބިރުވެރި ރަނގަބީލެއް!

މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ ތެރެއިން ބައި މިލިޔަނަށްވުރެ ގިނަމީހުން ވަނީ މަރުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/07/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިއްޔެގައި ވަނީ ދުނިޔުއިން ކޮރޯނާވައިރަސް މިހާތަނަށް ޖެހުނު މީހުންގެ އަދަދު 13 މިލިޔަނަށް އަރާފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ 13 މިލިޔަނަށް މި އަދަދު އަރާފައި މިވަނީ އެންމެ 5 ދުވަސްތެރޭގައި އެއް މިލިޔަން މީހުން ވައިރަހަށް ޕޮޒިޓިވް ވެގެންނެވެ.

ކޮރޯނާވައިރަސް ޕެންޑަމިކްގެ ކޮޅެއް ނުފެނި އަހަރުގެ މެދަކާއި ހަމަޔަށް ގޮސްފައިވާއިރު، މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ ތެރެއިން ބައި މިލިޔަނަށްވުރެ ގިނަމީހުން ވަނީ މަރުވެފަ އެވެ. ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޮސް އަދަނޮމް ގެބްރިޔެސުސް ވިދާޅުވިގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްފި ނަމަ އަވަސް މުސްތަޤްބަލެއްގައި ދެން ކުރީގެ އާންމު ހާލަތަށް ރުޖޫއައެއް ނުވެވޭނެއެވެ.

"ހަގީގަތަށް ބުނަންޏާ ގިނަ ޤައުމުތަކުގެ މިސްރާބު މިހާރު ހުރީ ނުބައި މިސްރާބަކަށް. މި ވައިރަސް ވާނީ އާންމު މުޖުތަމައުގެ އެއްވަނަ ދުޝްމަނަކަށް". ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ ހެޑް އޮފީހުގައި ބޭއްވި ވާރޗުއަލް ބްރީފިންގައި ވާހަކަފުޅުދައްކަވަމުން ޓެޑްރޮސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޓެޑްރޮސް ވިދާޅުވީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯނުލަބާނަމަ މި ޕެންޑަމިކްއަށްވެސް ނިމުމެއް ނެތް ކަމަށެވެ. އަދި މިއީ މިކަން އޮންނަން ޖެހޭ ގޮތަށް ނުވިޔަސް އެހެން ވެއްޖެނަމަ ދެންދާނީ ގޯހުން ގޯހަށްކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން ދުނިޔެއިން ވައިރަސް ޖެހުނު އަދަދާއި މަރުވި މީހުންގެ އަދަދުގެ ދެބައިކުޅަ އެއްބައިގައި ހިމެނެނީ އެމެރިކާއިން ޕޮޒިޓިވްވެ މަރުވި މީހުންނެވެ.

ބައެއް ޤައުމުތަކުން ވަނީ ކޭސްތައް މަދުވާން ފެށުމާއެކު ލޮކްޑާއުންއަށް ލުއިތަކެއްވެސް ދީފައެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެކުރިން ވަނީ މިއީ ފުރަތަމަ ރާޅު ކަމަށާއި ދެވަނަ ރާޅުގެ އިންޒާރު މިފަދަ ޤައުމުތަކަށް ދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ