އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/07/2020

ޑިސްއިންފެކްޝަން ގޭޓު ބޭނުންކޮށްގެން މީހުންގެ ގަޔަށް ސްޕްރޭ ކުރުން ރަނގަޅެއް ނޫން: ޑަބްލިޔުއެޗްއޯ

މިގޮތަށް ސްޕްރޭކުރުމަކީ ޖިސްމާނީ އަދި ނަފްސާނީގޮތުން ވެސް ގެއްލުން ލިބޭކަމެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/07/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ތަންތަނަށް ވަދެ ނުކުމެ ހަދާއިރު "ޑިސްއިންފެކްޓަންޓް ގޭޓު" ފަދަ އެއްޗެހި ބޭނުންކޮށްގެން ކެމިކަލްއިން ސްޕްރޭކުރުމަކީ ޑަބްލިޔުއެޗްއޯއިން ބާރުއަޅާކަމެއް ނޫންކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޑިސްއިންފެކްޓަންޓް ސްޕްރޭ ކުރެވޭގޮތަށް ހުންނަ މިފަދަ ތަންތަނުން ވަދެ ނުކުމެހަދާއިރު، ޖަރާސީމު މަރާލާކަމަށް ބުނާ ކެމިކަލް ސްޕްރޭއެއް އެ ވަންނަ މީހެއްގެ ގަޔަށް ޖަހާނެއެވެ. މިއީ ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ކުރަމުން އަންނަ ކަމެކެވެ.

ޑަބްލިޔުއެޗްއޯ އާއި ހަވާލާދީ ޑަބްލިޔުއެޗްއޯ މޯލްޑިވްސްއިން ކުރި ޓްވީޓްގައި ވަނީ މިފަދައިން ސްޕްރޭކުރާ ގޭޓް، ޓަނަލް، ކެބިނެޓް އަދި ޗެމްބަރު ފަދަ ތަންތަން ބަހައްޓާ ބޭނުންކުރުމަށް އެ ޖަމިއްޔާއިން އެއްގޮތަކަށްވެސް ބާރުނާޅާ ކަމަށް ބުނެފައެވެ.

މިގޮތަށް ސްޕްރޭކުރުމަކީ ޖިސްމާނީ އަދި ނަފްސާނީގޮތުން ވެސް ގެއްލުން ލިބޭކަމެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އަދި ކޮވިޑް-19 އަކީ ކުޅުގެ ގޮތުގައި ބޭރުވާ ޖަރާސީމެއްގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއްކަމުން މިފަދައިން އަދި ސްޕްރޭކުރި ނަމަވެސް، މާސްކް އެޅުމާއި ގައިދުރުކަން ނުބަހައްޓާނަމަ ބަލި ފެތުރިދާނޭކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އާންމު ޑިސްއިންފެކްޓަންޓް ތަކުން ކުރާ ސްޕްރޭގައި ހިމެނޭ ކްލޮރިންއަކީ ވަރަށްވެސް ވިހަގަދަ މާއްދާއެކެވެ. އަދި މީގެން ސްޕްރޭކުރުމުގެ ސަބަބުން ލޮލަށާއި ގައިގެ ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

ހަމައެހެންމެ މި ސްޕްރޭގެ ސަބަބުން ނޭވާލުމަށް ދަތިވުމާއި، ގޭސްޓްރޮއިންޓެސްޓިނަލް ބަލިތަކުގެ އަލާމާތްތައް ކަމަށްވާ ބޯއެނބުރުމާއި މޭނުބައިކުރުން އަދި ހޮޑުލެވުން ފަދަ ކަންކަން މެދުވެރިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކްލޮރިން ބޭނުންކުރުމަށް އެންމެ އެދެވިގެންވަނީ ބޯ ފެނާއި އަދި ސިއްހީ މަރުކަޒުތަކުގެ މާހައުލު ސާފުތާހިރުކޮށް ބެހެއްޓުމަށް ކަމަށް ބުނެފައެވެ.

ރާއްޖޭގައި ދާދިފަހުން ވަނީ ސްޓެލްކޯގައިވެސް މިފަދަ ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާފައެވެ. ސްޓެލްކޯއަކީ ގިނަ ބަޔަކު ވަޒީފާއަދާކުރަމުންދާ ކުންފުންޏެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ