އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/07/2020

އައިޖީއެމްއެޗްގެ ޑެންޓަލް ސާރވިސްއަށް 45 އަހަރު

އެންމެ ތިން ދަތުގެ ހާއްސަ މުވައްޒަފުންނާއެކު ދޭންފެށި މި ހިދުމަތް ފުޅާވެ، މިއަދު އައިޖީއެމްއެޗްގައި ދަތުގެ ހާއްސަ ގިނަ ޑޮކްޓަރުންނެއް އެބަތިއްބެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/07/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

1975 އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ދޭންފެށި ދަތުގެ ފަރުވާ ހިދުމަތަށް މިއަދަށް މިވަނީ 45 އަހަރު ފުރިފައެވެ.

އެންމެ ތިން ދަތުގެ ހާއްސަ މުވައްޒަފުންނާއެކު ދޭންފެށި މި ހިދުމަތް ފުޅާވެ، މިއަދު އައިޖީއެމްއެޗްގައި ދަތުގެ ހާއްސަ ގިނަ ޑޮކްޓަރުންނެއް އެބަތިއްބެވެ.

1975 ވަނަ އަހަރު އެންމެ ފުރަތަމަ އައިޖީއެމްއެޗުން މި ހިދުމަތް ދޭން ފަށާފައިވަނީ ޑެންޓަލް ހައިޖިނިސްޓުގެ ރޮނގުން ގްރެޖުއޭޓްވެފައި ތިއްބެވި މުހައްމަދު ސަލީމް އާއި އަލްމަރްހޫމް އަލީ ސަލީމް އެވެ. މި ދެބޭފުޅުންނާއެކު މި ހިދުމަތުގައި ދެން އުޅުއްވީ ޑެންޓަލް ލެބް ޓެކްނީޝަނެއްގެ ގޮތުގައި އަބްދުﷲ ސަލީމް އެވެ.

އޭރު ދަތުގެ ހިދުމަތް ދެމުން ގެންދަވާފައިވަނީ މިހާރުގެ އައިޖީއެމްއެޗު ހުރިތަނުގައި އޭރު ހުރި ސަރުކާރު ހޮސްޕިޓަލު ތެރޭގައި ދީފައިވާ ތަންކޮޅެއްގައެވެ.

ޒަމާނަށް އައި ތަރައްޤީ އާއެކު އައިޖީއެމްއެޗުން ދެމުންދިޔަ ދަތުގެ ފަރުވާ ހިދުމަތަށްވެސް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިއަހަރާއި ހަމަޔަށް އައިޖީއެމްއެޗުގައި ދެމުން ގެންދިޔަ މި ހިދުމަތް މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 6 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.

އައު އިމާރާތްތައް ހިދުމަތްދިނުން ބަދަލުކޮށްފައިވާއިރު، އެތަނުގައި ހަ ޕްރޮސީޖަރ ރޫމް އާއި އެންމެ ފަހު އާރޓް މެޝިނަރީ އާއި ވަސީލަތްތަކާއެކު ވަނީ ޑެންޓަލް ލެބެއް ޤާއިމްކޮށްފަ އެވެ.

އައިޖީއެމްއެޗުން ތިން މުވައްޒަފުންނާއެކު ދޭންފެށި މި ހިދުމަތް ފުޅާވެ ދަތުގެ ފަރުވާ ހިދުމަތުގައި މިހާރު 8 ޖެނެރަލް ޑެންޓަލް ސާރޖަންސް އާއި، 3 ސްޕެޝަލިސްޓުންގެ އިތުރުން 1 ޑެންޓަލް ހައިޖިނިސްޓަކާއި، 1 ޑެންޓަލް ލެބް ޓެކްނީޝަނެއް މަސައްކަތް ކުރެއެވެ. އަދި އޭގެއިތުރުން 13 އެހީތެރިންވެސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރެއެވެ.

އައިޖީއެމްއެޗުގެ ޑެންޓަލް ޑިޕާޓުމަންޓްގައި މިހާރުވަނީ އެންމެފަހުގެ އެންޑޮޑޮންޓިކް، ޕީޑިއަޓްރިކް ފަރުވާ އާއި އެމަރޖެންސީ ހާލަތްތަކުގައި ސާރޖަރީގެ ހިދުމަތްދެވޭނެ އިންތިޒާމްވެސް ޤާއިމްކޮށްފަ އެވެ.

 

އައިޖީއެމްއެޗުން ވަނީ ރާއްޖޭގައި ދަތުގެ ފަރުވާ ކުރިއަރުވަން މަސައްކަތްކުރާ އެންމެންނަށާއި އަދި އެހޮސްޕިޓަލުގެ ދަތުގެ ފަރުވާގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވެފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ