އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 01/10/2019

ކަޅުދިރި ތެޔޮ: މިއީ ވަރުގަދަ ފަރުވާއެއް

ކަޅުދިރި ތެލަކީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެތަކެއް ބައްޔަކަށް ފަރުވާދިނުމަށް ބޭނުންކުރެވޭ ބޭހެކެވެކެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 01/10/2019

Black seed oil Kalhu dhiri theyo
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކަޅުދިރި ތެޔޮ ނުވަތަ އިނގިރޭސިން ބުނާނަމަ "ބްލެކް ސީޑް އޮއިލް" އަކީ އިރުމަތީ ޔޫރޮޕްއާއި، ހުޅަނގު އޭޝިއާ އަދި އަރަބިކަރައަށް ނިސްބަތްވާ "ނައިގެއްލާ ސަޓީވާ" ގަހުން ހަދާ ތެލެކެވެ. މި ގަހުގެ މޭވާގައި ހުންނަ މި ކަޅު އޮށް ބޭހެއްގެ ގޮތުގައި ބޭނުން ކުރެވޭތާ އެތައް ގަރުނެއް ވެއްޖެއެވެ.

ކަޅުދިރި ތެލުން ލިބޭފައިދާ ތަކުގެ ތެރޭގައި ބަރުދަން ލުއިވުމާއި، ހަންގަނޑު ރީތިކޮށްދިނުމާއި، ހަކުރު ބައްޔާއި، ދަރިން ނުލިބުމަށް ފަރުވާއެއް ގޮތުގެ އިތުރުން އެތަކެއް ފައިދާއެއް އެކުލެވިގެންވެއެވެ. މީގެ އިތުރުން މި ތެލުގައި ހިމެނޭ "ތައިމޯކުއިނޮން" އަކީ އެންޓި-އޮކްސިޑެންޓެއްގެ އިތުރުން ދުޅަތިރިކޮށްދޭ ބާވަތެކެވެ. އަދި ހަމަ އެއާއި އެކު ޓިއުމަރ ކުޑަ ކޮށްދޭ ބާވަތެއް ވެސްމެއެވެ. މިތެޔޮ ބޭނުން ކުރަނީ އަނގައިން ދިރުވާ ގުޅައެއް ނުވަތަ ހަނިގަނޑުގައި އުނގުޅާ އެއްޗެއްގެ ގޮތުގައެވެ.

ތެލުގެ ބޭނުންތައް:

އެންޓި-އޮކްސިޑެންޓްސް އިން ފުރިފައި

އެންޓި-އޮކްސިޑެންޓްސް އަކީ ހަށިގަނޑުގެ ސެލްތައް އޮކްސިޑޭޓިވް ގެއްލުމުން ސަލާމަތް ކޮށްދޭ އަދި ފްރީ ރެޑިކަލްސް ނައްތާލަދޭ އެއްޗެކެވެ. އެގޮތުން ކަޅުދިރި ތެލުގައި ހިމެނޭ "ތައިމޯކުއިނޮން"، "ކަރވަކްރޮލް" "ޓީ-އެނެޓްހޯލް" އަދި "4-ޓާރޕިނެއޮލް" އަކީ ކަޅުދިރި ތެލުގެ އެންޓިއޮކްސިޑެންޓް ބާރުތައް ގެނުވައިދޭ ބާވަތްތަކެވެ.

ބެކްޓީރިއާއިން ސަލާމަތްކޮށްދޭ

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކަޅުދިރި ތެލަކީ ބައިވަރު ބޭކްޓީރިއާގެ ވައްތަރުތަކުން ސަލާމަތްވުމަށް ބޭނުން ކުރެވޭނޭ އެންޓަޔަބަޔޮޓިކް އެކެވެ. އެގޮތުން، އެއް ދިރާސާއިން ދެއްކިގޮތުގައި ފަރުވާ ކުރަން އުނދަގޫ ބެކްޓީރިއާއެއް ކަމަށްވާ މެތިސިލިން ރެސިސްޓެންޓް ސްޓެފައިލޮކޮކަސް އޯރިއަސް ބެކްޓީރިއާއަށް ފަރުވާކުރަން ކަޅުދިރި ތެޔޮ އެހީތެރިވެދެއެވެ. އެގޮތުން މި ދިރާސާ ހެދި ސާމްޕަލްތަކުގެ 50 އިންސައްތަ އަށް ވުރެގިނަ ސާމްޕަލްގައި މި ބެކްޓީރިއާ ވަނީ މަރުވެފައެވެ.

ލޭގެ ޕްރެޝަރ ދަށް ކޮށްދޭ

ދުނިޔޭގެ އެކި ހިސާބުތަކުގައި 1 ބިލިއަން މީހުންނަކީ ލޭގެ ޕްރެޝަރ މައްޗަށްދާ މީހުންނެވެ. ހައިޕަރޓެންޝަން ނުވަތަ ލޭގެ ޕްރެޝަރ މަތިވުމުން އަވަހަށް ބަލިވެ، ނޭނގި ހިކިވެ، ނާރަށް އަނިޔާވެ، ފެނުމަށް ބުރަވެ އަދި ހަލާކުވާ ތަންތަން އަލުން ރަނގަޅުވާން ވަރަށް ގިނަދުވަސްނަގައެވެ. ކަޅުދިރި ތެޔޮ ބޭނުން ކޮށްގެން ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ތެލުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށް ކުރެވެއެވެ. އަދި މިބަލީގެ ގެއްލުން ތަކުން ލުއެއް ލިބެއެވެ. އޭގެއިތުރުން 3 މަސް ވަންދެން ދުވާލަކު ކަޅުދިރި ތެޔޮ ނެގުމުން ލޭގެ ހަކުރުގެ މިންވަރާއި އިންސުލިން ރެސިސްޓެންސް މިންވަރު ދައްކޮށްދެއެވެ.

ދަރިން ނުލިބުމަށް

އިރާންގެ ތަހްރޭންގައި ހެދުނު ދިރާސާއަކުން ދައްކާގޮތުގައި ކަޅުދިރި ތެޔޮ ބޭނުން ކުރުމުން ދަރިފަނީގެ ދުވެލި އިތުރުވެ، ދަރިފަނި ގިނަވެ ފިރިހެނުންނަށް ދަރިން ހޯދުމުގެ ބާރު އިތުރުވެއެވެ.

ކިޑްނީ އަދި ލިވާއަށް

އިޖިޕްޓްގެ ކައިރޯގައި 2013 ވަނަ އަހަރު ޝާޢިއު ކުރެވުނު ދިރާސާއެއްގައި ވާގޮތުން ނަމަ ކަޅުދިރި ތެލުގެ ސަބަބުން މީދަލުގެ ކިޑްނީ އަދި ލިވާގެ ބަލިތައް އިތުރަށް ގޯސްވުމުން ސަލާމަތްކޮށްދީ ގުނަވަންތައް އަލުން ރަނގަޅުކޮށްދޭން އެހީތެރިވެއެވެ. މިފައިދާތަކާއި ބެހޭގޮތުން އިތުރަށް ދިރާސާކުރަމުން ދަނީއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
މޫސަ
14/10/2019 17:56
ދުވާލަކު ކިހާ އެއްޗެއް ބޭނުން ކުރުން ރަނގަޅީ.އަދި ބޭނުން ކުރަންވީ ތެޔޮތަ ކަޅުދިރިތަ؟
ލިޔުން ޝެއަރކުރައްވާ