އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 25/09/2019

މިތެޔޮ ބޭނުން ކުރަން އެބަ ޖެހޭ

އާމަނަކަ ތެޔޮ ނުވަތަ ކާސްޓަރ ތެލަކީ އެތަކެއް ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ތެލެކެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 25/09/2019

Castor Oil
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އާމަނަކަ ނުވަތަ ކާސްޓަރ ތެލަކީ އަޅުގަނޑުމެން އެންމެ ކުރީއްސުރެ ނަން އަޑު އަހާފައި ވާނޭ ބޭހެކެވެ. މި ބޭހުގެ ބޭނުންތަކުގެ ތެރޭގައި ފާހަނަޔަށް ދިޔުމުގެ މައްސަލަތަކަށް އަދި ބަނޑު ބޮޑުމީހުން ވިއްސުން ހިމެނެއެވެ. މި ތެލަކީ ކާސްޓަރ އޮށް އޭގެ ތޮށި ނެއްޓުމަށްފަހު ޗިސްކޮށްގެން ހަދާއެއްޗެކެވެ. އޭގެ ތޮއްޓަކީ ރިސިން ކިޔާ ވިހައެއް ހުންނަ އެއްޗެކެވެ.

ކަސްޓަރ ތެލުގެ ފައިދާތަކުގެ ތެރޭގައި:

  • ކޮލޮނޮސްކޮޕީހެދުމުގެ ކުރިން ފާހަނަޔަށް ދިޔުން ހަމަޔަކަށް އެޅުމަށެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި އާމަނަކަ ތެޔޮ ކޮލޮނޮސްކޮޕީގެ ކުރިން އެއް ޑޯޒް ނެގުމުން ފާހަނަޔައް ދިޔުން ހަމަޖެހެއެވެ. ނަމަވެސް އެހެން ޓެސްޓްތަކަށް މިހެން މަސައްކަތް ނުކޮށްފާނެއެވެ.
  • ބަނޑު ހިކުން: އާމަނަކަ ތެލަކީ ބަނޑު ދިޔާކޮށްދޭ ބަނޑު ހިކުމަށް ވަރަށް ރަނގަޅު އަނގައިން ބޭނުންކުރެވޭ ބޭހެކެވެ.
  • ދަރިން ނުހޯދުމަށް: ބާރތް ކޮންޓްރޯލް އެއްގެގޮތުގައި ކާސްޓަރ އޮށް 8-12 މަސް ވަންދެން ބޭނުން ކުރެވޭނެކަމަށް ދިރާސާތަކުން ދައްކައެވެ.
  • ލޯހިކުމުން: ލޯ އަވަސް އަވަހަށް ހިކޭމީހުނަށް އާމަނަކަ ތެޔޮ ހިމެނޭ ލޮލަށް އަޅާބޭސް ބޭނުން ކުރުމުން އަވަސް ޝިފާއެއް ލިބެއެވެ.
  • ބަނޑުބޮޑު މީހުން ވިއްސުމަށް: 60މލ ގެ އާމަނަކަ ތެޔޮ ބޭނުން ކޮށްގެން އާދައިގެ ބަނޑުބޮޑު މީހެއް ވިއްސުމަށް ހަށިގަނޑު ފަށައިދޭކަމަށް ވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި "ފެންދުލި ފަޅާން" ގޮސްފައި ވާ ބަނޑުބޮޑުމީހުން އާމަނަކަ ތެޔޮ ބޭނުން ކޮށްފިނަމަ ވިހަން ފަސޭހަވެ ސިސޭރިއަން އަކަށް ދާންޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

މި ތެލުގައި ފައިދާތަކެއް ވީއިރު ބައެއް އުނދަގޫތަކެއް ވެސްވެއެވެ. އެގޮތުން ބަނޑުގައި ރިއްސުމާއި، އަކުނިވަޔަށް ދެމުމާއި، ބޯ އަނބުރާ ހޭނެތުން ހިމެނެއެވެ. ގިނަދުވަސް ވަންދެން ގިނަ އަދަދަކަށް އަދި ތޮށި ލައިގެން މި ބޭސް ބޭނުން ކޮށްގެން ނުވާނެއެވެ. އޭގެސަބަބުން ހަށިގަނޑުން ފެނާއި ޕޮޓޭސިއަމް މަދުވެދާނެތީއެވެ. އަދި ތޮއްޓަކީ ވިހަޔަކަށް ވާތީއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ