އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 03/09/2019

ދިވެހި ރުކުގެ މުލުގެ ބޭނުންތެރިކަން

ދިވެހި ރުކަކީ އޭގެ ކޮންމެ ބައެއްނެގިކަމުގައި ވިއަސް ބޭނުން ހިފޭނޭ ގަހެކޭ ބުނާ އަޑު އިވެއެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 03/09/2019

Coconut Roots
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަޅުގަނޑުމެންގެ ގައުމީ ގަސް ކަމުގައިވާ ރުކަކީ އޭގެ ބޭނުންތައް ކިޔާ ހުސްނުވާނޭ އެއްޗެކެވެ. ރުކުގެ މޭވާއިން ކައްކައިގެން އަތިރިމަތީ ފަސް އޮށް ކުޅެން އިންނަހަދާން ނުވާނޭމީހަކު ވަރަށް މަދުވާނެއެވެ. މިގަހަކީ އޭގެ ކޮންމެ ބައެއްނެގިކަމުގައި ވިއަސް ބޭނުން ހިފޭނޭ ގަހެކޭ ބުނާ އަޑު އިވެއެވެ. ވީއިރު ރުކުގެ ވަރަށް މުހިންމު ނަމަވެސް އާންމު ކޮށް އަޑުނީވޭ ކަމަކީ ރުކުގެ މުލާ އޭގެ ސިއްހީ ފައިދާތަކެވެ. ދިވެހި މުލަކީ އެންމެ ކުރީއްސުރެ ދިވެހިން ގިނަ ބަލިތަކަށް ފަރުވާކުރަން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެގޮތުން ކުޑަކަމުދިއުމުގެ މައްސަލަތަކަށާ، ހުން މަޑުކުރުމުގެއިތުރުން ޑައިރިއާއަށް ވެސް ބޭނުންކުރެވޭ މި މުލަކީ ހަންގަނޑުގެ ބަލިތަކަށް ވަރަށް ރަނަގަޅު ހައްލެކެވެ.

ރުކުގެ މޫ އާންމުކޮށް ބޭނުން ކުރެވެނީދެގޮތަކަށެވެ. ފުރަތަމަ ގޮތަކީ ހޫނުފެނުގައި ކައްކައި ގެންނެވެ. ދެތިން މޫ ރަނގަޅައް ދޮވުމަށް ފަހު ތެއްޔަކަށް ފެން އަޅާފައި ކައްކާނީއެވެ. ފެނަށް ލޮނުކޮޅެއް އެޅުން މުހިންމެވެ. ފެން ކެއްކޭހާއިރު ކޮށްލުމަށް ފަހު ތެލި ނަގާފައި އިހޫވަންދެން މަޑުކުރާނީއެވެ. އިހޫވުމާއެކު ބޯންވީއެވެ. ދެވަނަ ގޮތަކީ 450ގރ ހާވަރު މޫ ޗިސް ކުރުމަށް ފަހު ފެނާ އެއްކޮށްފައި ހަންގަނޑު ހިރުވާ ތަނެއްގައި އުނގުޅުމެވެ. މުލުން މިހަދާ ފެނަކީ މޭގައި ދިލަނެގުމުން އެކަން ރަގަނޅުކުރުމަށް ބޭނުންކުރުން ވަރަށް ރަނގަޅު އެއްޗެކެވެ. ސަބަބަކީ މީގެ ސަބަބުން ލޭ ދައުރުކުރާ ނިޒާމަށް ލުޔެއް ލިބޭތީއެވެ.

ރުކުގެމުލުގައި ހިމެނޭ ކެމިކަލް ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ދެ ކެމިކަލް އަކީ "ސަޕޮނިން" އަދި "ފްލެވޮނޮއިޑް" އެވެ. މި ދެ ކެމިކަލް އަކީވެސް އެންޓިއޮކްސިޑެންޓް ތަކެކެވެ. އޭގެއިތުރުން މި މުލުގެ ސިއްހީ ފައިދާތަކުގެ ސަބަބުވެސް މެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ވަރުޖެހި ހަންގަނޑު ރަނގަޅުވެއެވެ. ނަމަވެސް އެބޭސް ހަދާގޮތާ ނަގާވަރާ މެދު ހޭލުންތެރިވުން މުހިންމެވެ.

ލިބޭ ޔަގީން ކަމަކީ ރުކުގެ މުލަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ މާމަމެން ބޭނުންކުރަމުންއަންނަ އަދި އޭގެ ސިއްހީބޭނުންތައް މިޒަމާނުގެ ސައިންސްވެރިންގެ ހެކިން ފެންނަން އޮތް ބޭހެއްކަމެވެ. ކަންމިހެން ހުރިއިރު ދެން ފަހަރަކުން ރަށެއްގައި ގެއްލިއްޖެއްޔާ ރުކެއްގެ މުލުގެ ސިއްހީ ފުރިހަމަ ބޭނުން ހިފާނެކަމަށް ހީކުރަމަވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ