އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/06/2020

94 މީހުން ބަލިން ރަނގަޅުވިއިރު 22 މީހުން ޕޮޒިޓިވް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 22 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ބަންގްލަދޭޝްގެ ނުވަ މީހަކާއި، ނޭޕާލްގެ ދެ މީހަކާއި، އިންޑިއާ މީހަކާއި ތައިލެންޑުގެ މީހެކެވެ.  22 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,035 އަށް އަރާފައެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިއަދު ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން 94 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލިން ރަނގަަޅުވި މީހުންގެ ޖުމްލަ ވަނީ 1،311 އަށް އަރައިފައެވެ.

އެހެންކަމުން މިވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ 714 މީހުންނެވެ. މިއަދު 22 މީހަކު ޕޮޒިޓިވްވި އިރު، މިއަދު ވަނީ 629 ސާމްޕަލް އެއް ޓެސްޓުކޮށްފައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ