އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/06/2020

މިއަދު 10 މީހުން ޕޮޒިޓިވްވިއިރު، 24 މީހުން ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެެއިން ވަނީ 10 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، 24 މީހަކު ބަލިން ރަނގަޅުވެފައެވެ.

މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ހަތް މީހަކާއި، ނޭޕާލްގެ ދެ މީހަކާއި ދިވެއްސެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2013އަށް އަރައިފައެވެ.

 ހަމައެހެން މެ  މިއަދު ބަލިން ރަނގަޅުވި 24  މީހުންނާއެކު، ބަލިން ރަނގަޅުވި  މީހުންގެ އަދަދު ވަނީ 1217އަށް އަރައިފައެވެ. 

އެހެންކަމުން މިވަގުތު ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާދެމުން ދަނީ 786 މީހުންނަށްކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވަނީ ބުނެފަ އެވެ. 

ރާއްޖެއިން މިހާތަނަށް ބަލީގައި މަރުވެފައި ވަނީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހީންނާއި ބަންގްލަދޭޝް ހަތަރު  މީހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ