އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/06/2020

ޑޮކްޓަރުންގެ ރަޖިސްޓްރޭޝަނާއި ލައިސަންސް އައުކުރުމުގެ މުއްދަތު އިތުރުކޮށް، ވަގުތީ ރަޖިސްޓްރޭޝަނެއް ދޫކުރަނީ

ކޮވިޑް-19 އާއި ގުޅިގެން ޑޮކްޓަރުންނަށް ވަގުތީ ލައިސެންސްއެއް ދޫކުރަން އެމްއެމްޑީސީ އިން ނިންމައިފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/06/2020

Maldives Medical and Dental Council (MMDC)
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލު (އެމްއެމްޑީސީ) ގައި ރަޖިސްޓްރީ ކޮށްފައިވާ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަނާއި ލައިސަންސް އައުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެމްއެމްޑީސީއިން މިއަދު ނެރުނު ސާރކިއުލާރގައި ބުނެފައިވާގޮތުން މިދުވަސްވަރު ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަން އޮގަސްޓް 31ގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ. އަދި ރަޖިސްޓްރޭޝަން ހަމަވުމަށްފަހުވެސް އޮގަސްޓް 31ގެ ނިޔަލަށް މަސައްކަތް ކުރުމުގެ ހުއްދަވެސް ދީފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ މިޙާލަތުގައި ރަޖިސްޓްރީވާން ބޭނުންވާ ޑޮކްޓަރުންނަށް ވަގުތީ ރަޖިސްޓްރޭޝަން ދޫކުރުމުގެ އިންތިޒާމް އެމްއެމްޑީސީއިން ވަނީ އިންތިޒާމްކޮށްދީފަ އެވެ. އެގޮތުން ވަގުތީ ރަޖިސްޓްރޭޝަން ބޭނުންވާ ޑޮކްޓަރުން އެ ކައުންސިލްގެ މެއިލް (mmdc@health.gov.mv)އަށް ފުރިހަމަކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމާއި، ތައުލީމީ ސަނަދާއި، އިންޓާރންޝިޕް ސެޓްފިކެޓްގެ އިތުރުން އައިޑީކާޑުގެ ކޮޕީ ފޮނުވުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.

އެހެންނަމަވެސް ސަރުކާރު އޮފީސް ހުޅުވުމަށްފަހު ގިނަވެގެން 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން އައުކުރުމުގެ ކަންތައްތައް އޮންނަ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ޑޮކްޓަރުންނަށް އިލްތިމާސް ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ލޮކްޑައުން އާއި ގުޅިގެން ރަޖިސްޓްރޭޝަން އައު ނުކުރެވި މިހާރުވެސް ގިނަ ޑޮކްޓަރުންނެއް އެބަތިއްބެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އެހެން ޤައުމުތަކުގައި ޑޮކްޓަރީކަން ކިޔަވަމުންދާ ގިނަ ދަރިވަރުންނެއް ވަނީ ރާއްޖެ އައިސް ކޮވިޑް-19 ފްރަންޓްލައިންގައި މަސައްކަތް ކުރަން ފަށާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ