އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/06/2020

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާހުން މައްޗަށް! ލުއިތަކާއެކު، ރައްޔިތުން ހާސްކަމެއްގެ ތެރޭގައި

ކޮވިޑް-19އަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އަދި ގިނަ ބަޔަކު މަރުވެފައިވާ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކުން ވަނީ މި ބަލި ކޮންޓްރޯލްކޮށްފަ އެވެ. (ފޮޓޯ: ދަ އެޑިޝަން)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާހުން މައްޗަށް އުފުލިފަ އެވެ.

މިއީ ރާއްޖޭގެ ސިއްހީ މާހިރުން މިމުއްދަތުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާނޭ ކަމަށް ލަފާކުރި އަދަދަށްވުރެ އެތައް އިންސައްތައެއް މަދު އަދަދެކެވެ. އެހެންނަމަވެސް 2000 ކޭސްއާއެކު ރާއްޖޭގައި އިއުލާންކޮށްފައިވާ ލޮކްޑައުން އުވާލުން ގިނަ ބަޔަކަށް އަދިވެސް ޤަބޫލުކުރެވޭ ކަމަކަށް ނުވެއެވެ.

ކޮވިޑް-19އަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އަދި ގިނަ ބަޔަކު މަރުވެފައިވާ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކުން ވަނީ މި ބަލި ކޮންޓްރޯލްކޮށްފަ އެވެ. އަދި އަނެއް ޤައުމުތަކުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކުން ވަނީ ގެއްލިފަ އެވެ. ބައެއް މީހުންގެ ނަޒަރުގައި ރާއްޖެއަށްވެސް ދިމާވީ މިފަދަ ގޮތެކެވެ.

ގާތްގަނޑަކަށް ދެމަހެއްހާ ދުވަސްތެރޭގައި ކޯވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ އަށް މީހަކު މަރުވެފަ އެވެ. މިއީ ރާއްޖެ ކަހަލަ އާބާދީ ކުޑަ ރަށަކާއި އަޅާބަލާއިރު ނިސްބަތުން ގިނަ އަދަދެކެވެ. އަދި ހާއްސަކޮށް 2003 ކޭސްގެ ތެރެއިން އަށް މީހުން މަރުވުމަކީ އަޅާނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.

އެހެންނަމަވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން ދިޔަ އަދަދުތަކަށް މީހުންގެ ފަރާތުން ލިބެމުންދިޔަ ސަމާލުކަން ވަނީ ކުޑަވާންފަށާފަ އެވެ. ބައެއްމީހުން ދެކޭގޮތުގައި މިއީ ނިއު ނޯމަލްއަށް ހޭނުމުން ދިމާވެދާނޭ ގޮތެކެވެ. ބިރުވެރިކަން ވަކި އިމަކަށް ދިއުމުން އެ ބިރެއްގެ ތެރޭގައި ދިރިއުޅެން ދަސްވުމަކީ ދުނިޔެވީ އުސޫލެވެ.

ރާއްޖެއިން މިހާތަނަށް  ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،193 މީހުން ވަނީ ފަރުވާ ލިބި ބަލިން ރަނގަޅުވެފަ އެވެ. އަދި އެޗްޕީއޭއީން ބުނާގޮތުން އަލަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް ވަނީ ބޮޑުތަނުން މަދުވެފަ އެވެ. އެހެންކަމުން މި ކާމިޔާބީ އާއެކު ސަރުކާރުން ލޮކްޑައުންއަށް ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.

އެހެންނަމަވެސް ޖޫން 15ގައި ދޭން ނިންމާފައިވާ ލުއިތަކާއި މެދު ގިނަ ބައެއް ކަންބޮޑުވުންތައް އަދިވެސް އެބަހުއްޓެވެ. ޑަބްލިޔުއެޗްއޯއިން ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އިންޒާރު ދީފައިވަނިކޮށް ސަރުކާރުން ޕެންޑަމިކް މިހާ ލުއިކޮށް، ނިންމާލަން އުޅޭކަމަށްވެސް ބައެއް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ހަގީގަތުގައި އެންމެންނަށްވެސް ބިރުވެރިކަން އޮތީ ކޮވިޑް-19 އަކަށް ނޫނެވެ. އެހެންނަމަވެސް ބިރުވެރިކަން އޮތީ މި ވައިރަސް އޮބިނޯންނަ ވަރަށް ފެތުރިއްޖެނަމަ ފުރާނަތައް ސަލާމަތްކުރަން ބޭނުންވާވަރަށް އެކަށީގެންވާ ވަސީލަތްތައް ރާއްޖެގައި ނެތުމުންނެވެ.

ރާއްޖޭގެ ނިސްބަތުން ގިނަ މީހުންނަކީ ހިތުގެ ބައްޔާއި، ކެންސަރު އަދި ސްޓްރޯކް ފަދަ ބަލިތައް ތަހައްމަލް ކުރާ މީހުންނެވެ. އަދި އޭޝިޔާގައި ތެލެސީމިޔާ ކުދިން އެންމެ ގިނަ އެއް ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭއިރު، ރާއްޖޭގެ ޒުވާނުންނަށް ލޭމައްޗަށް ދިއުމާއި، ހަކުރުބަލި ޖެހުމުގެ އިންސައްތަވެސް ވަނީ އިތުރުވެފަ އެވެ.

މި އެންމެންނަކީވެސް ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ގޮތުގައި ހިމެނޭ މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ ތެރޭގައިވެސް ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލްކުރާ މީހުންނެވެ.

އެހެންކަމުން ހާސްވެ، އޮޅުބޮޅުން އަރާފައިވާ މި ދަނޑިވަޅުގައި ލޮކްޑައުންއަށް ލުއިތަކެއްދީ ނިއު ނޯމަލްގައި ހުޅުވާލުމަކީ ދެވަނަ ފަހަރަށް ވައިރަހަށް ދެވޭ ދައުވަތަކަށްވެސް ވެދާނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ