އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/06/2020

މިއަދު ޕޮޒިޓިވްވީ 14 މީހުން، ރަނގަޅުވީ 32 މީހުން

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު 14 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު 32 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ. އެއީ ބަންގްލަދޭޝްގެ 8 މީހުންގެ އިތުރުން ލަންކާ މީހެކެވެ.

މީގެ އިތުރުން 32 މީހުން ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1153އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ. މިހާތަނަށް 33،018 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، މިވަގުތު 306 މީހަކު ބައްޔާ ގުޅިގެން ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އަދި 797 މީހުން އައިސޮލޭޓުކޮށްފައި އެބަ ތިއްބެވެ.

ކޮވިޑްގައި ރާއްޖެއިން 8 މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ