އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/06/2020

އިތުރު 20 މީހުން ޕޮޒިޓިވްވެ، 111 މީހުން ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުން ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ. މީގެ އިތުރަށް 111 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ ޖުމްލަ 825 މީހުންނަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،962 އަށް އަރާފައެެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ، 1،121 އެވެ.

މާޗް މަސް ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު އިރު މާލެ އިން ބަލި ފެނިފައި ވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. މާލެ އިން ބަލި ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ ދެ މަސްވާން ގާތްވެފައިވާއިރު ލޮކްޑައުން އަށް ލުއިތައް ދިނުމަށް ސަރުކާރުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.

މިއަދު 20 މީހުން ޕޮޒިޓިވްވިއިރު، އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 26 އެވެ. ދުވަހުން ދުވަހަށް ފެންނަ ކޭސްތައް މިހާރު ވަނީ ނިސްބަތުން މަދުވެފައެވެ.

ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ އަށް މީހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ