އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/06/2020

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ކުޑަކުދިންގެ އަދަދު 100އަށް

މީގެ ތެރެއިން ދެ ކުދިންވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ފަރުވާ ދީފައެވެ. (ފޮޓޯ: ޔުނިސެފް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/06/2020

Coronavirus COVID-19 Dr Faisal Naseem
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކުޑަކުދިންގެ އަދަދު 100އަށް އަރާފައިވާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 1،841 މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން ހަތް މީހަކު ވަނީ މަރުވެފަ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. ފައިސަލް ވިދާޅުވީ ޕޮޒިޓިވްވި ހުރިހާ ކުދިންނަކީވެސް އާއިލީ ކްލަސްޓާގެ ތެރެއިން ޕޮޒިޓިވްވެފައިވާ ކުދިން ކަމަށެވެ. ނަމަވެސް މި ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅުކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވައިރަހަށް ޕޮޒިޓިވްވި ކުދިންގެ ތެރެއިން މިހާތަނަށް ދެ ކުއްޖަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. މި ދެކުދިންނަކީ ވެސް އުމުރުން އަށް މަހަށްވުރެ ހަނގު ދެ ކުދިން ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަދި މި ދެކުދިންގެ ގައިގާ ރޯގާގެ އެއްވެސް އަލާމާތެއް ނެތްކަމަށާއި، ނަމަވެސް ހުން އައިސް ހޮޑުލާ ބޭރަށް ހިންގިކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ފާއިތުވި 15 ދުވަހު ވަނީ 48 ކުޑަކުދިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ނިސްބަތުން ބަލާނަމަ ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވެފައިވާ ކުޑަކުދިންގެ އަދަދު ގިނަކަމަށް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 608 މީހަކު ފަރުވާލިބި ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ