އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/05/2020

މިއަދު 42 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 401 މީހަކު ރަނގަޅުވެއްޖެ!

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19އަށް ރާއްޖެއިން އިތުރު 42 މީހަކު މިއަދު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1،633 އަށް އަރައިފި އެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްއާ ހަމައަށް ޕޮޒިޓީވް ވީ ބަންގްލަދޭޝްގެ 28 މީހުންނާއި، އިންޑިއާ 13 މީހުންގެ އިތުރަށް ދިވެއްސެކެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި 81 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މި ހަފްތާގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. މި އަދަދަށް ކޮވިޑަށް މީހުން ޕޮޒިޓިވެފައި މިވަނީ ރައްކާތެރިކަމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވަނިކޮށެވެ.

އިއްޔެ އާއި މިއަދު ބަންގްލަދޭޝްގެ 390 މީހަކު ގައުމަށް ވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ހިމެނެ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި އަދިވެސް ހުރީ އަލަށް ބަލި ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އަދި ފްރަންޓްލައިންގައި އުޅޭ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އަންނަނީ ދަށްވަމުން ކަމަށާއި އަދި މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ގެ ސާފުކުރަން، އެހެން ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން މިހާރު ވެސް ބައެއް ގޭގެ އަށް ގެންދާ ކަމަށާއި މިއީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. މި ދުވަސްވަރު އެންމެ ރަނގަޅީ ގޭގައި އުޅޭ މީހަކު އެފަދަ މަސައްކަތްތައް ކުރުން ކަމަށް ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ