އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/05/2020

މިއަދު 34 މީހުންޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،547 އަށް

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވި 34 މީހުންނާއެކު މިހާތަނަށް ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،547އަށް އަރާފަ އެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 21 ރައްޔިތަކާއި، 12 ދިވެހީންގެ އިތުރުން އިންޑިއާގެ ރައްޔިތެކެވެ.

މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 242 މީހެކެވެ. އެ ބަލީގައި ފަސް މީހަކު މަރުވެފައިވާއިރު މިހާރު ފަރުވާގައި ތިބީ 1،300 މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ އުމުރަކީ 89 އަހަރެވެ. އެންމެ ތުއްތު ކުއްޖާ އަށް ވީ 11 މަހެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވަނީ ދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ