އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/05/2020

މިއަދުވެސް 32 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން އިތުރު 32 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު ވަނީ 1،513އަށް އަރާފަ އެވެ.

އެޗްޕީއޭ އިން ވަނީ އިއްޔެ މެންދުރު 14:25 އިން މިއަދު 22:00 އާ ހަމައަށް 56 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. އިއްޔެ ރޭ ޕްރެސް ކޮންފަރެންސަށް ފަހު މިއަދުގެ 22:00 އާ ހަމައަށް ޕޮޒިޓިވް ވެފައިވަނީ 32 މީހުންނެވެ.

ޕޮޒިޓިވްވި 56 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 35 ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން އިންޑިޔާގެ ތިން ރައްޔިތެކެވެ. 

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ.

މި ބަލީގައި އެންމެ ފަހުން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ. އެމީހާ ފެނިފައިވަނީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ. އޭނާއަކީ ހާޓް ޕޭޝަންޓެއް ކަމަށާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ