އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/05/2020

ފިހާރައަށް ދެވޭ، އެކަމަކު ރައްޓެހިންނާއެކީ ބޭރަކަށް ނުދެވޭ. އެއީ ކީއްވެ؟

އެތަކެއް ދުވަހެއް ވަންދެން ނުފެނިހުރި ރައްޓެއްސަކާއެއްކޮށް ބޭރަށް ނުދެވެންވީ ކީއްވެ ހެއްޔެވެ؟ ނުވަތަ ގާތްތިމާގެ މީހެއްގެ ގެއަށް ޒިޔާރަތް ނުކުރެވެނީ ކީއްވެހެއްޔެވެ؟ (ފޮޓޯ: އަވަސް)
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލޭގައި ލޮކްޑައުން ލުއިކުރުމުގެ ފުރަތަމަ ފިޔަވަޅު މިއަދު އަޅާފައިވާއިރު، ކޮންމެ ގޭބިސީއަކުންވެސް 3 މީހަކަށް ދެ ގަޑިއިރުވަންދެން ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުމެވޭނެކަމަށް ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ.

ކޮރޯނާވައިރަސް ފުރަތަމަ ރާއްޖެއިން ފެނުމާއެކު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަކަށްވީ ގައިދުރުކުރުން އިސްކުރުމަށެވެ. އަދި މާލެ ސިޓީގައި ލޮކްޑައުން އިއުލާނު ކުރުމުގެ ބޭނުމަކީވެސް މިއެވެ. 

މީގެ ނަތީޖާވެސް ރަނގަޅެވެ. ލޮކްޑައުން ތަންފީޒު ކުރި ފަހުން ބައްޔަށް ޕޮޒިޓިވްވާ މީހެއްގެ "ކޮންޓެކްޓުން" ބޮޑު ތަނުން މަދުވެފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

އަދި ކުރިން ލަފާކުރި މުއްދަތަށް ވުރެ އަވަހަށް ލޮކްޑައުން ލުއިކުރުމަށް މަސައްކަތްވެސް ވަނީ ފެށިފައެވެ.

އެހެންކަމުން މިހާލަތުގައި އެތަކެއް ދުވަހެއް ވަންދެން ނުފެނިހުރި ރައްޓެއްސަކާއެއްކޮށް ބޭރަށް ނުދެވެންވީ ކީއްވެ ހެއްޔެވެ؟ ނުވަތަ ގާތްތިމާގެ މީހެއްގެ ގެއަށް ޒިޔާރަތް ނުކުރެވެނީ ކީއްވެހެއްޔެވެ؟ ހަމަގައިމުވެސް ފިހާރައަކަށް އެއްޗެއް ގަންނަން ދާ އިރުވެސް ހުންނަން ޖެހެނީ އެތަކެއް ބައެއްގެ ތެރޭގައެވެ.

މިސުވާލުގެ ޖަވާބު ބިނާވެގެންވަނީ ބައްދަލުވާ މީހުންނާއި ދެމެދު އޮންނަ ދުރުމިނަށާއި ހޭދަކުރާ ވަގުތަށެވެ.

ފިހާރައަކުން ދިމާވާ މީހަކަށް ވުރެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރާއިރު ގިނަ ވަގުތު ހޭދަވެ ގާތުގައި ހުރެވެއެވެ. އެހެންކަމުން ފިހާރައަކުން ބައްދަލުވާ މީހަކަށްވުރެ ގާތްތިމާގެ މީހެއްގެ ގާތުން ބަލި ފެތުރުން މާއެކަށީގެންވެއެވެ.

މީގެ އިތުރުން އެޕާޓްމެންޓެއް ތެރޭ ނުވަތަ ކޮޓަރިއެއް ތެރޭގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިތުރުވާކަމަށް ދިރާސާތަކުން ދައްކައެވެ. މިފަދަ މާހައުލުތަކުގައި މީހުންވެސް ތިބެނީ ގާތް ގާތުގައެވެ.

މާލޭގެ ބައެއް ބޮޑެތި ފިހާރަތަކުގައި ކޯވިޑް-19 އާއި ގުޅިގެން އައު ފިޔަވަޅުތަކެއް ވަނީ ތަންފީޒް ކޮށްފައެވެ. އޭގެ ތެރޭގައި މާސްކް އެޅުމާއި، އަންގި ލެއްވުމާއި، ގައިދުރުކުރުމަށް އިތުރު ސަމާލުކަން ދިނުން ހިމެނެއެވެ. އެހެންކަމުން މިހާލަތުގައި އެކަކު ގައިން އަނެކެއްގެ ގަޔަށް ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަވެއެވެ.

ނަމަވެސް ފިހާރައަކަށް ދާއިރު އަދި ޒަރޫރީ ބޭނުމަކަށް ގެއިން ބޭރަށް ނުކުންނަ އިރު އަދިވެސް ގައިދުރު ކުރުމަށް އިސްކަމެއް ދިނުން މުހިންމެވެ. ލޮކްޑައުން ލުއިކުރަން ފިޔަވަޅުތައް އެޅުމުގެ މާނައަކީ ޤައުމުން ބަލި ފިލައިގެން ދިޔުމެއް ނޫނެވެ. މިއީ ވައިރަސްއާ އެއްކޮށް ދިރިއުޅުމަށްޓަކައި ކަޑައްތު ކުރާ ފުރަތަމަ ހަރުފަތެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ