އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/05/2020

ކޯވިޑް-19 ގެ ސަބަބުން މަރުވުމާއި އިނގިލީގެ ދިގުމިނާއި ގުޅުމެއް ވޭތަ؟

ކަށި އިނގިލި ދިގު ފިރިހެނުން ކޯވިޑް-19 ގެ ސަބަބުން މަރުވުމުގެ ފުރުސަތު ކުޑަކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކަށި އިނގިލި ދިގު ފިރިހެނެއް ނަމަ ކޮރޯނާވައިރަސްގެ ސަބަބުން މަރުވުމުގެ ފުރުސަތު ކުޑަވެ، ބަލީގެ އަލާމާތްތައް ގޯސް ނުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެރލީ ހިއުމަން ޑެވެލޮޕްމަންޓް ޖަރނަލް ގައި ޝާއިއު ކުރެވުނު މިހޯދުންތަކުގައި ވަނީ 41 ގައުމެއްގެ ފިރިހެނުން ދިރާސާކޮށްފައެވެ. އަދި ކަށި އިނގިލި ކުރު ފިރިހެނުން ގިނަ ގައުމުތަކުގައި ކޯވިޑް-19 ގެ ސަބަބުން މީހުން މަރުވާ އަދަދު 30 އިންސައްތަ އިތުރުކަމަށް ދިރާސާގެ ނަތީޖާއިން ދައްކައެވެ.

މީގެ ސަބަބަކީ ކޮބާ؟ ފިރިހެނެއްގެ ކަށި އިނގިލީގެ ދިގު މިނާއި ހަށިގަނޑުގައި ޓެސްޓޮސްޓެރޯން ހޯމޯން ހުންނަ މިންވަރާއި ގުޅުމެއް ވެއެވެ. އެގޮތުން މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ އިރު ޓެސްޓޮސްޓެރޯން ލިބޭ މިންވަރު އިތުރުވާނަމަ ކަށި އިނގިލި ދިގުކަމަށް ހޯދުންތަކުން ދައްކައެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި ޓެސްޓޮސްޓެރޯން އަކީ ކޮރޯނާވައިރަސް އިން ލިބޭ ގެއްލުންތަކުން ހަށިގަނޑު ދިފާއު ކުރަން އެހީތެރިވެދޭ ހޯމޯންއެކެވެ. ހަށިގަނޑުގައި އެންޖިއޮޓެންސިން-ކޮންވަރޓިންގް އެންޒައިމް 2 (އޭސީއީ2) އިތުރުކޮށްދިނުމަށް ޓެސްޓޮސްޓެރޯން އެހީތެރިވެދެއެވެ.

މީގެ ކުރިން ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި އޭސީއީ2 ހަށިގަނޑުގައި އިތުރުނަމަ އިންސާނާގެ ފުއްޕާމެއަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެއެވެ.

މީގެ މާނައަކީ އޭސީއީ2 ހަށިގަނޑުގައި އިތުރުނަމަ ކޮރޯނާވައިރަސް ޖެހުމުން ރައްކާތެރިވުމެއް ނޫނެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ގޯސްނުވެ ނުވަތަ ސީރިއަސް ވުމުން ހަށިގަނޑު ސަލާމަތްކޮށްދިނުމުގައި އޭސީއީ2 އެހީތެރިވެދެއެވެ.

ވޭލްސްގެ ސްވަންސީ ޔުނިވަރސިޓީ އިން ހެދި ތަހުލީލުތަކުގައި ވަނީ 41 ގައުމުން 200،000 އަށް ވުރެ ގިނަ ފިރިހެނުންގެ ކަށި އިނގިއްޔާއި ޝަހާދަތް އިނގިލީގެ ދިގުމިނަށް ބަލާފައެވެ. އަދި ޝަހާދަތް އިނގިއްޔަށްވުރެ ކަށި އިނގިލި ދިގުނަމަ ދިރާސާވެރިން ބަލާފައިވަނީ އެއީ ކަށި އިނގިލި ދިގު ފިރިހެނެއްގެ ގޮތުގައެވެ.

ކަށި އިނގިލި ދިގު ފިރިހެނުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ، ރަޝިޔާ އަދި މެކްސިކޯ ހިމެނެއެވެ. މިގައުމުތަކުގައި ކޯވިޑް-19 އިން މަރުވި މީހުންގެ އަދަދުވެސް މަދެވެ. މިޔާ ޚިލާފަށް ކަށި އިނގިލި ކުރު ފިރިހެނުން ގިނަކަމަށް ބެލެވުނު އިނގިރޭސިވިލާތު، ސްޕެއިން އަދި ބަލްގޭރިއާ ގައި ގިނަ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ