އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/05/2020

މިއަދު 19 މީހުން ޕޮޒިޓިވްވިއިރު، ރަނގަޅުވި މީހުންގެ އަދަދު 232އަށް

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ.މި 19 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،454އަށް އަރާފަ އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލްގެ މީހެކެވެ.

މީގެއިތުރުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 232 މީހުން ވަނީ މިހާތަނަށް ރަނގަޅުވެފަ އެވެ. ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ހަފުތާއަކަށް ދަމާލާއި ލޮކްޑައުންގެ ހާލަތުގައި ލުއި ތަކެއް ދޭންވެސް މިއަދު ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިކަން އިއުލާންކުރައްވާފައިވަނީ މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބައިވެރިވެ ވަޑައިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށާ އެ ހާލަތު ދެމިގެން ދާނީ ދެ ހަފުތާގެ މުއްދަތަށް ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމާއި، ދަތުރުފަތުރުކުރުމާއި ވިޔަފާރި ކުރުމަށް ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ.

ލޮކްޑައުންގައި މާދަމާއިން ފެށިގެން ލިބޭ ލުއިތައް

· ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ވަގުތު އިތުރުކުރުން

· ނިކުމެ އުޅެވޭ ޒޯންތައް އިތުރު ކުރުން

· ރީ-ޓެއިލް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުން

· ބައެއް ފިހާރަތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުން

· ވޯކްޝޮޕްތަކާއި މަސްމާރުކޭޓް ހުޅުވުމުން

· ބޭންކްގެ ހިދުމަތް ދޭ ވަގުތު އިތުރު ކުރުން

· ރެސްޓޯރަންޓް ކެފޭތަކަށް ޑެލިވަރީގެ ހުއްދަ ދިނުން

· ޓެކްސީ އަދި ޕިކަޕުގެ ހިދުމަތުގެ ހުއްދަ ދިނުން

· ސިއްހީ ހިދުމަތްދޭ ތަންތަނުން އޮންލައިންކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދިނުން

· ކޮލެޖް، ޔުނިވާސިޓީތަކަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުުރުސަތު ދިނުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ