އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/05/2020

އިތުރު 26 މީހަކު ޕޮޒިޓިވްއިރު، ބަލީގައި ފަސްވަނަ މީހަކު މަރުވެއްޖެ

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން 26 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު، މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު ވަނީ މަރުވެފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުން މެންދަމާއި ހަމަޔަށް ޕޮޒިޓިވްވި 17 މީހުން އަދި މިއަދު ޕޮޒިޓިވްވި 26 މީހުން ހިމަނައިގެން ޖުމްލަ 43 މީހަކު މި ބައްޔަށް ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ އަލަށް ޕޮޒިޓިވްވެފަ އެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،438އަށް އަރާފަ އެވެ.

މިއަދު ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި ހިމެނެނީ 19 ބަންގްލަދޭޝް މީހުންނާއި، 3 އިންޑިޔާ މީހުންނާއި، 4 ދިވެއްސެކެވެ.

މީގެ އިތުރުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 7 މީހުންނަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން މިހާރު ވެސް 1200 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު ކަރަންޓީންގައި 1817 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 1108 މީހަކު އެބަ ތިއްބެވެ. މިހާތަނަށް 20551 ސާމްޕަލް ވަނީ ޓެސްޓް ކުރުމަށް ނެގިފައެވެ.

މިރޭ މަރުވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝް ރައްޔިތެކެވެ. އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެމީހާއަކީ މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި ފަސް ވަނަ މީހާ އެވެ. މި ބަލީގައި މަރުވި ފަސް މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ތިން ދިވެހީން ވެސް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ