އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/05/2020

މެލޭރިޔާ ބޭހުން ކޮރޯނާވައިރަހަށް މާބޮޑު ފަރުވާއެއް ނުލިބޭ: ދިރާސާ

މެލޭރިޔާ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ކްލޮރޯކުއިން އަދި ހައިޑްރޮކްސިކްލޮރޯކުއިން ކޯވިޑް-19 އަށް ފަރުވާ ކުރުމުގެ ބޭނުންކުރުން ރަނގަޅު ނޫންކަމަށް މިދިރާސާގައި ބުނެފައިވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހަށް ފަރުވާދިނުމަށްޓަކައި މިހާރު ބޭނުންކުރާ މެލޭރިޔާ ބޭހުން މާބޮޑު ފަރުވާއެއް ނުލިބޭކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ބޮސްޓޮންގައި ހުންނަ ބްރިގޮހަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ރިސާޗަރުން ހެދި މި ދިރާސާގައި ވަނީ ދުނިޔޭގެ ހަ ބައްރަކުން 671 އެއް ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވްވެ އެނދުމަތި ކުރެވިފައިވާ 96،032 މީހެއް ބައިވެރިކޮށްފައެވެ. މީގެތެރެއިން 14،888 މީހުންނަކީ ފާއިތުވި ހަތަރު މަސްތެރޭގައި އެކި ގޮތްގޮތަށް ބައްޔަށް ފަރުވާކުރުމަށްޓަކައި ކްލޮރޯކުއިން އަދި ހައިޑްރޮކްސިކްލޮރޯކުއިން ދީފައިވާ މީހުންނެވެ.

މިދިޔަ ހަފްތާގެ ހުކުރުދުވަހު ލަންސެޓް ޖާނަލްގައި ޝާއިއުކުރި މި ދިރާސާ ހެދުމަށްޓަކައި ވަނީ ހައިޑްރޯސިކްލޮރޯކުއިން، ހައިޑްރޮކްސިކްލޮރޯކުއިން އަދި މެކްރޮލައިޑް އެންޓިބައޮޓިކް، ކްލޮރޯކުއިން، ނުވަތަ ކްލޮރޯކުއިން އަދި މެކްރޮލައިޑް އެންޓިބައޮޓިކް ދީގެން ފަރުވާކޮށްފައިވާ މީހުން އިތުރަށް ބަލާފައެވެ. މެކްރޮލައިޑްސްއަކީ އެންޓިބަޔޮކްޓިކް ބާވަތެކެވެ. މީގައި އަޒިތްރޮމައިސިން ހިމެނެ އެވެ.

މި ދިރާސާއަށްފަހު ރިސާޗަރުން ވަނީ މެލޭރިޔާ ބޭސް ނުދޭ ބަލިމީހުންނާއި އަޅާބަލާއިރު މި ބޭސްދީގެން ފަރުވާކޮށްފައިވާ ބަލިމީހުންގެ ކިބައިންވެސް ވަކި އިތުރު ކުރުއެރުމެއް ފެނިފައިނުވާކަމަށް ބުނެފަ އެވެ. އޭގެ ބަދަލުގައި މެލޭރިޔާ ބޭސް ބޭނުންކުރި ބަލިމީހުންގެ ހިތުގެ ވިންދު އެހެންމީހުންނާއި އަޅާބަލާއިރު އާދަޔާހިލާފަށް އަވަސްކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން މި ބޭސް ބޭނުން ނުކުރާ މީހުންނާއި އަޅާބަލާއިރު، ބޭސް ބޭނުންކުރި މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިތުރުކަމަށްވެސް ދިރާސާގައި ބުނެފައި ވެއެވެ.

ކޯވިޑް-19ގެ ޕެންޑަމިކްގެ ފުރަތަމަކޮޅު ޑޮކްޓަރުންނާއި އަދި ސިއްހީ މާހރުންވެސް ވަނީ މެލޭރިޔާ ބޭހުގެ ސަބަބުން ކޯވިޑް-19 ބަލި ރަނގަޅުވާކަމަށް ބުނެ ވާހަކަދައްކާފަ އެވެ. އަދި އެކަމާއި ގުޅުންހުރި ބައެއް ހެކިތައް ވަނީ މާޗްމަހުގެ ފަހުކޮޅުގައި ޝާއިއުވެސް ކޮށްފަ އެވެ.

މި ދިރާސާ އާއެކު މި ޑްރަގް ބޭނުންކޮށްގެން ފަރުވާ ކުރުމުގެ ނަތީޖާ އާއި މެދުވަނީ ސުވާލު އުފެދިފަ އެވެ. އަދި ބްރެޒިލުން ހުސްވި އޭޕްރީލް މަސްތެރޭގައި މި ވައިރަސް ޖެހިގެން މަރުވި ގިނަ މީހުންނަކީ މި ޑްރަގް ބޭނުންކޮށްފައިވާ މީހުންކަމަށް އެޤައުމުގައި ހެދި ކްލިނިކަލް ޓްރައަލްއަކުން ވަނީ ދައްކާފަ އެވެ.

މެލޭރިޔާ ބޭހަކީ ކޯވިޑް-19އަށް ފަރުވާދެވޭނެ ބޭހެއްގެ ގޮތުގައެއް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަދި މިހާތަނަށް ހުއްދަ ދީފައެއް ނުވެއެވެ.

މި ދިރާސާގެ އިތުރުން ނިއު އިންގްލޭންޑް ޖާނަލް އާއި ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން ގައި ޝާއިއުކޮށްފައިވާ ދެ ދިރާސާއެއްގައި ވަނީ ކޮރޯނާވައިރަސް ޖެހިގެން އެނދުމަތި ކުރި އެތައް ހާސް މީހުންގެ ތެރެއިން މެލޭރިޔާ ބޭސްކަމަށްވާ ހައިޑްރޮކްސިކްލޮރޯކުއިން ދީފައިވާ މީހުންނަށް، އެ ބޭސް ނުދޭ މީހުންނާއި އަޅާބަލާއިރު ހާލަތު ވަކި ރަނގަޅުވެ، ނުވަތަ ގޯސްވެފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ