އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 24/05/2020

ފުރަތަމަ ތިން މަހު އެންމެ ގިނައިން އެތެރެ ކުރީ ފޭސް މާސްކް

މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު މިއަހަރު ފޭސް މާސްކް އެތެރެ ކުރި މިންވަރު ވަނީ 1،179 އިންސައްތަ އިތުރުވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 24/05/2020

Face Mask
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ފެސްމާސްކު ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކުރި މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި 4.9 މިލިއަން ފޭސް މާސްކް ރާއްޖެ އެތެރެ ކޮށްފައި ވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 1،179 އިންސައްތަ އިތުރު އަދަދެކެވެ. އަދި އަގުގެ ގޮތުން ބަލާއިރު 17 މިލިއަން ރުފިޔާގެ ފޭސް މާސްކެވެ.

ފޭސް މާސްކް އަދި އެހެނިހެން މެޑިކަލް ބައެއް ސާމާނުތަކުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އިމްޕޯޓު ޑިއުޓީ ކަނޑާލައިފަ އެވެ.

ކާޑުގެ ބާވަތްތައް އެތެރެކުރުން ވަނީ 34 އިންސައްތަ އިތުރުވެފައެވެ. މިއީ މި ތިން މަހު ދެން އެންމެ ގިނައިން އެތެރެ ކުރެވުނު ތަކެއްޗެވެ. އަދި ކާބޯތަކެތީގެ ތެރެއިން ބިސް، ކުކުޅު އަދި ކިރުވެސް ވަނީ އެތެރެކުރުން އިތުރުވެފައެވެ،

މީގެ އިތުރުން ފާއިތުވި ތިން މަހު ސެނިޠަރީ ނެޕްކިން އަދި ކުޑަކުދިންގެ ނެޕީ އެތެރެ ކުރުން ވަނީ މަދުވެފައެވެ. އެގޮތުން ސެނިޓަރީ ނެޕްކިން އެތެރެ ކުރި މިންވަރު 16 އިންސައްތަ ދަށަށް ގޮސްފައިވާއިރު ނެޕީ އެތެރެ ކުރި މިންވަރު ވަނީ 5 އިންސައްތަ ދަށަށް ގޮސްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ