އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/05/2020

ފްރަންޓްލައިންގައި މަސައްކަތްކުރާ 12 މީހުންނާއެކު، މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 30 އަށް

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ވަނީ 30 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މި 30 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ 1،274 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ބަންގްލަދޭޝް މީހަކާއި، 18 ދިވެއްސެއްގެ އިތުރުން އިންޑިޔާ މީހެކެވެ.

28  އިތުރު މީހަކުވެސް ވަނީ ރޭގެ ވަގުތެއްގައި ޕޮޒިޓިވްވެފައެވެ.

މި 30 މީހުންގެ ތެރެއިން 12 މީހުންނަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ވާއިރު، މިހާތަނަށް ރާއްޖެއިން ފްރަންޓްލައިންގައި މަސައްކަތްކުރާ 239 ވައިރަހަށް ޕޮޒިޓިވްވެފައި ވާކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދަކީ 452 އެވެ. ބަންގްލަދޭޝްގެ 661 މީހަކަށް އެ ބަލި ޖެހިފައިވާއިރު، ރާއްޖެ އިން ކޮވިޑް-19 އެންމެ ގިނައިން ފެނުނީ ބަންގްލަދޭޝްގެ މީހުންގެ ފަރާތުންނެވެ. ދިވެހިންނާއި ބަންގްލަދޭޝް މީހުން ނަގާފައި ރާއްޖޭގައި ދެން އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 119 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު  މީހުންގެ ތެރެއިން މިއަދުވެސް ވަނީ އިތުރު 5 މީހަކު ބަލިން ރަނގަޅުވެފަ އެވެ.  އެހެންކަމުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 109އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ