އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/05/2020

މިއަދު 21 މީހަކަށް ކޯވިޑް-19 ޖެހުނުއިރު، 104 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/05/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 21 މީހެކެވެ. މި 21 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 1،216 މީހަކު ބަލިން ރަނގަޅުވެފަ އެވެ.

އަލަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ 10 މިގެއްގެ އިތުރުން އިންޑިޔާގެ ހަ މީހެކެވެ. އޭގެތެރޭގައި ރޭ ޕޮޒިޓިވްވި 9 މީހެއްވެސް ހިމެނެ އެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 104 މީހަކު މި ބައްޔަށް ފަރުވާކޮށް ރަނގަޅުވެފައިވާކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މިހާރު މި ބައްޔަށް ފަރުވާ ދެމުންދަނީ 1،106 މީހަކަށެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑް-19އަށް ފަރުވާދިނުމަށްޓަކައި ރާއްޖެއަށް އިތުރު 10 ވެންޓިލޭޓަރު އައިސްފައިވާ ކަމަށެވެ. މިއީ ދުބާއީން ރާއްޖެއަށް ގެނައި ވެންޓިލޭޓަރު ތަކެކެވެ. މިއާޢެކު ރާއްޖޭގައި މިހާރު ހުރި ވެންޓިލޭޓަރުގެ އަދަދުވަނީ 129އަށް އަރާފަ އެވެ.

މީގެއިތުރުން އޭޑީކޭގައި ކޮވިޑް-19އަށް ޓެސްޓްކުރަން ފަށާފައިވާކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. އަދި އައިޖީއެމްއެޗްގައިވެސް އާ އެކްސްޓްރެކްޝަން މެޝިނެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަދި އެއާއެކު އައިޖީއެމްއެޗްގެ ޓެސްޓިން ކެޕޭސިޓީ 600އަށް ވުރެ މައްޗަށް ދާނޭކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މިހުންގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ބަންގްލަދޭޝް މީހުންނެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި 4 މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ މީހެއްވެސް ހިމެނެ އެވެ. ދެން މަރުވެފައިވަނީ 3 ދިވެއްސެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ