އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/05/2020

ކޮރޯނާވައިރަސް: ކޮންމެ ދުވަހަކު މަދުވެގެން ހަ ފަހަރު އަތް ދޮވޭ

މި ދިރާސާގައި ވަނީ ކޮންމެ ދުވަހަކު 6 ފަހަރަށް ވުރެ ގިނައިން އަތްދޮވެފައިވާ 1،663 މީހުންނަށް އެކިކަހަލަ އިންފެކްޝަން ޖެހުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/05/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮންމެ ދުވަހަކު 6 -10 ފަހަރު އަތް ދޮވުމަކީ ކޮރޯނާވައިރަސް ފަދަ އިންފެކްޝަންތައް ޖެހުން ދުރުކޮށްދޭކަމެއް ކަމަށް އިނގިރޭސިވިލާތުގެ ރިސާޗަރުންތަކެއް ބުނެފި އެވެ.

މި ދިރާސާ ހެދުމަށް ދިރާސާގެ ޓީމުން ބަލާފައިވަނީ 2006 ން 2009 ވަނަ އަހަރާއި ހަމަޔަށް ފެތުރިފައިވާ މި ފަދަ ވައިރަސްތަކާއި ގުޅިފައިވާ ޕެންޑަމިކްތަކަށެވެ. އަދި ހުރިހާ ވައިރަސް ތަކަކާއި އަޅާބަލާއިރު ކޮރޯނާވައިރަސް އާއިލާ އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ރޯގާފަދަ އާދައިގެ ބަލިޖެހޭ ވައިރަހެއްގެ ގޮތުގައެވެ.

އެންމެ ފުރަތަމަ ޕެންޑަމިކް އިން ފެށިގެން މިހާތަނަށް ދިރާސާކުރި ހުރިހާ ޕެންޑަމިކްތަކަށް ބަލާއިރު އެއްކަމެއް އޮތީ ޔަގީންކަމާއެކު ފެންނާށެވެ. އެއީ މި ހުރިހާ ވައިރަހެއްވެސް ފެނާއި ސައިބޯނި ބޭނުންކޮށްގެން ނައްތާލެވޭ ކަމެވެ.

ކޮންމެ ފިނި މޫސުމެއްގައި ވެސް އިނގިރޭސިވިލާތުގެ މެޑިކަލް ރިސާޗު ކައުންސިލުން ގެންދިޔައީ އެޤައުމުގައި ދިރިއުޅޭ މީހުންގެ މެދުގައި ފްލޫ އަދި ކޮރޯނާވައިރަހުގެ އަލާމާތެއް ކަމަށްވާ ރޯގާ ފެތުރޭތޯ ބަލައި ޔަގީން ކުރަމުންނެވެ.

ވެލްކަމް އޯޕަން ރިސާޗުގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވަނީ ކޮންމެ ދުވަހަކު 6 ފަހަރަށް ވުރެ ގިނައިން އަތްދޮވެފައިވާ 1،663 މީހުންނަށް އެކިކަހަލަ އިންފެކްޝަން ޖެހުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް ދުވާލެއްގެ މައްޗަށް 10 ފަހަރު އަތްދޮވުނު ނަމަވެސް އިންފެކްޝަންގެ ރިސްކް ކުޑަނުވާކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

"ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނުނަސް އަދި ނުފެނުނަސް އަބަދުވެސް އަތްތިލަ ސާފުކޮށް ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ" ޔުނިވަރސިޓީ ލަންޑަން ކޮލެޖްގެ ފަރާތުން މި ދިރާސާގެ ލިޔުންތެރިޔާ ޑރ. ސާރާ ބިއާލް ބުނެފައި ވެއެވެ.

މީގެއިތުރުން، ޑރ. ބިއާލް ވަނީ ޤަވާއިދުން އަތްދޮވުމަކީ އަމިއްލަ މީހާގެ އިތުރުން އެހެން މީހުންނަށް ވައިރަސް ފެތުރުން ކުޑަކޮށްދޭނޭ ކަމެއް ކަމަށް ބުނެފަ އެވެ.

ހަމައެހެންމެ، އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތް އޮފިޝަލެއް ވަނީ ޤަވާއިދުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން އަތްދޮވުމަކީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ މޮޅުގޮތް ކަމަށް ބުނެފަ އެވެ. ހާއްސަކޮށް ނޭފަތް ފޮޅުމަށްފަހު، ކެއްސާ ކިނބިހި އެޅުމަށްފަހު ނުވަތަ ކެއްކުމުގެ ކުރިން ޤަވާއިދުން ސާފުކޮށް އަތްދޮވުމަށް އޭނާ ވަނީ އެދިފަ އެވެ.

އަދި މީހުންގެ ތެރޭގައި ނުވަތަ އާންމު ދަތުރުފަތުރެއް ކުރުމަށްފަހު 20 ސިކުންތު ވަންދެން އަތްދޮވުމަކީ ހަރުލެއްވުން މުހިއްމު އާދައެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ