އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/05/2020

ކޯވިޑް-19: މިއަދު ޕޮޒިޓިވްވީ 43 މީހުން

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 43 މީހުންނެވެ. މި އަދަދާއެކު މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،186 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން މިއަދު ހާމަކުރި ގޮތުގައި، މިއަދު ހެނދުނު 10:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 28 ބަންގްލަދޭޝް މީހަކާއި ހަތަރު އިންޑިއާ މީހެއް ގެ އިތުރުން ނޭޕާލް މީހެކެވެ.

މިއަދުގެ 10 ޖެހުމާ ހަމައަށް ޖުމްލަ 43 ކޭސް ފެނިފައިވާއިރު، އިއްޔެ ފެނުނު ކޭސްތަކުގެ ޖުމްލައަކީ 30  އެވެ.

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ދިވެހިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 ޖެހުނީ 424 މީހަކަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 609 މީހަކަށް މިހާތަނަށް އެ ބަލި ވަނީ ޖެހިފަ އެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުގެ 112 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. 

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 1،186 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 91 މީހެކެވެ.

ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ