އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/05/2020

ސައިބޯނި ލައިގެން އަތް ދޮވުމަކީ އަދިވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މޮޅު ގޮތް

ވެކްސިނެއް ހޯދިފައި ނުވާ މިބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/05/2020

Coronavirus COVID-19 Hand Hygiene
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނިއުމޯނިއާ ޖެހުމަށް މެދުވެރިވާ ވައިރަސްއެއް ޗައިނާއިން ފެނިއްޖެކަމަށް ރިޕޯޓު ކުރިތާ 141 ދުވަސް ވެފައިވާ އިރު، މިވައިރަސްއަށް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

އެހެންކަމުން މިނުރައްކާތެރި ބަލިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ވިދާޅުވަމުން އަންނަނީ ސައިބޯނި ލައިގެން އަތް ދޮވުން އާދައަކަށް ހެދުމަށެވެ.

މިއީ ކީއްވެ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސައިބޯނި ލައިގެން އަތް ދޮވުން އިތުރުކޮށް މޫނުގައި އަތްލުން މަދުކުރަން ޖެހެއެވެ. އަދި ސައިބޯނި ނެތް ހާލަތުގައި ސެނިޓައިޒާ ބޭނުން ކުރެވިދާނެއެވެ.

ސެނިޓައިޒާ އަށް ވުރެ ސައިބޯންޏަށް އިސްކަމެއް ދޭން ޖެހޭ ސަބަބަކީ ސައިބޯނި ބޭނުން ކުރުމުން އަތުގައި ހުންނަ ޖަރާސީމުތައް ފަސޭހައިން ނައްތާލެވޭތީއެވެ.

އެގޮތުން ސައިބޯނި ބޭނުން ކުރުމުން ވައިރަސްގެ ބޭރުފަށަލަ ހަލާކުވެއެވެ. އެއަށްފަހު ފެނާއެކީ ވައިރަސް އަތުން ފިލައިގެން ދެއެވެ.

ނަމަވެސް މިމަސައްކަތަށް ވަގުތު ނަގައެވެ. އެހެންކަމުން ސައިބޯނި ލައިގެން އަތް ދޮންނައިރު މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ސެނިޓައިޒާ ވެސް މަސައްކަތް ކުރަނީ ހަމަ މިގޮތަށެވެ. އެހެންނަމަވެސް ސެނިޓައިޒާ ބޭނުންކުރާއިރު އަތް ތެތް ނަމަ ނުވަތަ ދާހިތްލައިފައި ހުރިނަމަ ޖަރާސީމްތައް މުޅިން ނުފިލާކަމަށް ހޯދުންތަކުން ދައްކައެވެ. 

މީގެ އިތުރުން ސައިންސްވެރިން ވިދާޅުވާ ގޮތުގައި ސެނިޓައިޒާ ބޭނުން ކުރުމަށްވުރެ ސައިބޯނީގެ ކޮންމެ ވައްތަރެއްވެސް ބޭނުންކުރުން މާ ރަނގަޅެވެ.

ރަނގަޅަށް އަތް ދޮންނާނީ ކިހިނެއް؟

ސައިބޯނި ލައިގެން އަތް ދޮވުމުގައި ވިސްނަން ޖެހޭ ބައެއް މުހިންމު ކަންތައް ހުރެއެވެ.

1. ސާފު ފެނުން އަތް ތެތްމާލުމަށްފަހު އަތަށް ސައިބޯނި އަޅާލާ

2. ދެ އަތް ތިލަ ރަނގަޅަށް އުނގުޅާލުމަށްފަހު، އަތުގެ އަނެއް ފުށުގައާއި، އިނގިލިތަކު ދޭތެރޭ އަދި ނިޔަފަތިތަކުގެ އަޑީގައި ސައިބޯނި ރަނގަޅަށް އުނގުޅުން

3. މަދުވެގެން 20 ސިކުންތު ވަންދެން އަތުގައި ސައިބޯނި އުނގުމަށް ސަމާލުކަން ދިނުން

4. ފެނުން އަތް ރަނގަޅަށް ދޮވެލާ

5. ސާފު ފޮތިކޮޅަކުން ނުވަތަ ޓިޝޫއަކުން އަތް ހިއްކާލާ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ