އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/05/2020

މިއަދު 12 މީހުން ޕޮޒިޓިވްވި އިރު، މިހާތަނަށް 74 މީހަކު ބަލިން ރަނގަޅުވެއްޖެ!

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު 12 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފަ އެވެ. މި 12 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ 1،106 މީހުންނަށް މި ބަލި ޖެހިފަ އެވެ.

މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި އިންޑިޔާ މީހެކެވެ.

ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަން ވަރަށް ބޮޑަށް ލަސްވެފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މީހުން ތަންތަނަށް ގެންދިއުމާއި ސާމްޕަލް ނެގުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިއްޔެގެ ބާރަ ޖެހުމާއި ހަމަޔަށް އިތުރު 15 މީހަކު ރަނގަޅުވެފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74އަށް އަރާފަ އެވެ.

މީގެއިތުރުން ރެޕިޑް ރެސްޕޮންސް ޓީމުން މިރޭ ވާހަކަދެއްކެވި އަބްދުﷲ ހަމީދުވަނީ ފިހާރަތަކާއި، ޑެލިވަރީ، ޓެކްސީ ޑްރައިވަރުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ޓާގެޓްކޮށް މި ދުވަސްކޮޅު ރެންޑަމް ސާމްޕަލް ނަގަމުންދާކަމަށް ވިދާޅުވެފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ފަހުން ފިލި ބަންގްލަދޭޝް މީހުންގެ ތެރެއިން އަދިވެސް 2 މީހުން ނުފެންނަކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ހަތަރު މީހަކު މި ބަލީގައި މަރުވެފަ އެވެ. އޭގެތެރެއިން 3 މީހުންނަކީ ދިވެހިންނެވެ. ދެން މަރުވެފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ