އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/05/2020

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް އިތުރު 10،000 ޓެސްޓް ކިޓު ހަދިޔާކޮށްފި

މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ވަނީ ޕީޕީއީ ވެސް ހަދިޔާ ކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ފަރާތުން ރާއްޖެއަށް އިތުރު 10،000 ޓެސްޓްކިޓް ހަދިޔާކޮށްފި އެވެ.

މިއަދު ހަދިޔާކުރި ކޮވިޑް-19 ބަލީގެ 10،000 ޓެސްޓި ކިޓާއެކު، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)ވެސް އެ ޖަމިއްޔާއިން މިއަދު ވަނީ ހަދިޔާކޮށްފައެވެ. އެ ޖަމިއްޔާއިން މިއަދު ހަދިޔާކުރި ކޮވިޑް-19 ބަލީގެ ޓެސްޓިން ކިޓާއިއެކު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައެވެ.

މި ހަދިޔާއާ ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިއަދު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތުރުއަށް ގުޅުއްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޑަބްލިއެޗްއޯއިން ވަނީ  ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބުނެފަ އެވެ.

ޑަބްލިޔުއެޗްއޯގެ ފަރާތުން މިއަދު ހަދިޔާކުރި ޕީޕީއީ އާލާތްތަކުގެ ތެރޭގައި ގައުންއާއި، ފޭސްމާސްކުގެ އިތުރުން އަންގިއާއި، ފޭސް ޝީލްޑްފަދަ މުހިންމު އާލާތްތައް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ