އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 16/05/2020

މައުތު ވޮޝް ބޭނުންކުރުމުން ކޮރޯނާވައިރަސް އިން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް ނެތް- ޑަބްލިއުއެޗްއޯ

"ކޮރޯނާވައިރަސްއިން ރައްކާތެރިކޮށްދޭ އެއްޗެއްގެ ގޮތުގައި މައުތު ވޮޝް މަސައްކަތްކުރާކަމުގެ ހެއްކެއް ނެތް."
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 16/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މައުތު ވޮޝް އެހީތެރިވެދޭ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މައުތުވޮޝް ބޭނުންކުރާނަމަ އަނގައިގެ ތެރޭ ހުންނަ ވައިރަސް މަރުވާކަމަށް ދާދި ފަހުން އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. މިދިރާސާގައި ބުނާގޮތުން މައުތު ވޮޝް ބޭނުންކުރުމުން ވައިރަސްގެ ބޭރު ފަށަލައަށް ގެއްލުން ލިބެއެވެ.

"ފަންކްޝަން" ޖަރނަލްގައި ޝާއިއުކުރެވުނު މިދިރާސާއާއެކު މައުތުވޮޝް އާއި ކޮރޯނާވައިރަސްއާ ގުޅުމެއްވޭތޯ ބެލުމަށް އިތުރު ޓެސްޓުތައް ހެދުމަށް ސައިންސްވެރިން ގޮވާލިއެވެ.

ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ، "ކޮރޯނާވައިރަސްއިން ރައްކާތެރިކޮށްދޭ އެއްޗެއްގެ ގޮތުގައި މައުތު ވޮޝް މަސައްކަތްކުރާކަމުގެ ހެއްކެއް ނެތް."

މިއާއި ގުޅިގެން އިތުރު ޓެސްޓުތައް ހަދަންޖެހޭ ކަމަށް ދިރާސާގައި ބައިވެރިވި ސައިންވެރިން އެއްބަސްވެއެވެ. އަދި މިވަގުތު ބާޒާރުގައި ލިބެން ހުރި އެއްވެސް މައުތު ވޮޝްއެއް ބޭނުން ކުރުމަށް މިޓީމަކުން ގޮވާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސައިންސްވެރިން ބުނަނީ މައުތު ވޮޝްގައި އެކުލެވޭ ބައެއް ކެމިކަލްތައް އިތުރަށް ޓެސްޓުކުރުމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިކޮށްދޭ އެއްވެސް ވެކްސިނެއް އުފެއްދިފަކާއެއް ނެތެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އަންނަނީ ތަފާތު 8 ވެކްސިނެއް މޮނީޓަރ ކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ