އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/05/2020

ޕީކަށް އަރާނެ ދުވަސް ލަސްވި ނަމަވެސް، ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވި 24 މީހުންނާއެކު މި ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1020 އަށް އަރާފައެވެ.

މީގެ އިތުރުން ރޭ ވަނީ އިތުރު 14 މީހުންވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއަދަކީ މިއީ ޑރ. ޝީނާ މޫސާ ކޯވިޑް-19ގެ ހާލަތު ބަޔާންކުރައްވައި ރާއްޖޭގައި މި ވައިރަސްގެ ޕީކް ސީޒަން ފެށޭނެކަމަށް އެންމެ ފުރަތަމަ ލަފާކުރެއްވި ދުވަހެވެ. އެގޮތުން ޑރ. ޝީނާވަނީ މިއަދުން ފެށިގެން 31 އަށް ޕީކަށް ދާއިރު ގާތްގަނޑަކަށް 6000 މީހުންނަށް މި ވައިރަސް ޖެހޭނެކަމަށް ލަފާކުރައްވާފަ އެވެ.

ރާއްޖެ ޕީކަށް އަރާނެ ކަމަށް ކުރިން ލަފާ ކުރި ދުވަސް ލަސްވެ އާ ޕްރޮޖެކްޝަންސް އިން ފެންނަ ގޮތުގައި، ބަލި ޖެހިފައި ތިބި އެންމެ ގިނަ ބަޔަކު ފެންނާނީ މި މަހުގެ 31ގަ އެވެ.

ރެއިން ފެށިގެން މިއަދާއި ހަމަޔަށް ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، 8 ބަންގްލަދޭޝް މީހުންގެ އިތުރުން ނޭޕާލުގެ އެކަކު އެވެ. މިމީހުންގެ ތެރޭގައި މިއަދު ޕޮޒިޓިވްވި 24 މީހުންގެ އިތުރުން، ރޭ ޕޮޒިޓިވްވި 14 މީހެއްވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ނ. މަނަދޫއިން ޕޮޒިޓިވްވި 9 މީހަކާއި ކ. ހިންމަފުށީގައި ހުންނަ ރެހަބުން ޕޮޒިޓިވްވި 3 މީހެއްވެސް ހިމެނެ އެވެ.

މަނަދޫއިން ޕޮޒިޓިވްވި އުމުރުން 80 އަހަރު މީހާގެ ކޭސް އާއި ގުޅިގެން ހޯމް އައިސޮލޭޝަންގައި ތިބި 9 މީހަކު ވައިރަހަށް ޕޮޒިޓިވްކަން އެޗްޕީއޭއިން ވަނީ އެރަށު ކައުންސިލަށް އަންގާފަ އެވެ. އަދި އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

މީގެއިތުރުން ކ. ހިންމަފުށީގައި ހުންނަ ރެހަބުން ނެގި ރެންޑަމް ސާމްޕަލް ތަކަކުން ތިން މީހަކު ޕޮޒިޓިވްވެފައިވާތީ، އެރަށްވެސް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެގޮތުން އެ ގައުމުގެ 532 މީހަކު ރާއްޖޭން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 352 އެކެވެ. އަދި އިންޑިއާގެ 99 މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ނޭޕާލްގެ 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ހަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހަކާއި އެހެން ގައުމުތަކުގެ ހަތަރު މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.

މިދިޔަ މާޗް 7 އިން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ ކޮވިޑް-19 ގައި ހަތަރު މީހަކު މަރުވެފަ އެވެ. އެއީ 3 ދިވެއްސަކާއި ބަންގަލދޭޝް ރައްޔިތެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ