އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 15/05/2020

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން 5 އަހަރު ނަގާފާނެކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

ޑަބްލިއުއެޗްއޯ އިން މިވަގުތު އަންނަނީ ތަފާތު 8 ވެކްސިނެއް މޮނީޓަރ ކުރަމުންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 15/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އިތުރު 5 އަހަރު ނަގާފާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް މަޤާމުގައި ހުންނެވި ޑރ. ސުމްޔާ ސްވަމިނަތަން ވެބިނަރ އެއްގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ވިދާޅުވީ، އިތުރު 4-5 އަހަރު ތެރޭ ކޯވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިޕެންޑަމިކް އިން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ ވެކްސިނެއް އުފެއްދުން ކަމަށެވެ. ނަމަވެސް އޭގެ ރައްކާތެރިކަމާއި، ބާޒާރަށް ނެރެވޭނެ މިންވަރާއި، ގައުމުތަކަށް ފޯރުކޮށްދޭނެ ގޮތާއި މެދު ސުވާލުތައް އެބަ ހުރިކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިވަގުތު އަންނަނީ ތަފާތު 8 ވެކްސިނެއް މޮނީޓަރ ކުރަމުންނެވެ. އޭގެ ތެރޭގައި އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިނާއި، އެމެރިކާއިން ތައްޔާރު ކުރަމުން އަންނަ ވެކްސިން އަދި ޗައިނާގެ ފަސް ވެކްސިނެއް ހިމެނެއެވެ.

ކޯވިޑް-19 ޕެންޑެމިކްގެ މުއްދަތު ކުރު ކުރެވޭނީ ރައްކާތެރި، ރަނގަޅު ވެކްސިނެއް އަވަހަށް ބާޒާރަށް ނެރެވިގެން ކަމަށްވެސް ޑރ. ސުމްޔާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް 4.5 މިލިއަން މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބަލީގެ ޝިކާރައަކަށްވެ 300،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1.7 މިލިއަނަށް އަރާފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ