އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/05/2020

ކޮރޯނާވައިރަސް ޖެހި މަރުވި މީހުންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް

ކޮރޯނާވައިރަސް މިހާތަނަށް ވަނީ 4،477،351 މީހަކަށް ޖެހިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއިން ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 303,389އަށް އަރައިފި އެވެ.

ޗައިނާއިން އުފެދި މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާވައިރަސް މިހާތަނަށް ވަނީ 4،477،351 މީހަކަށް ޖެހިފައެވެ. އަދި އޭގެތެރެއިން ގާތްގަނޑަކަށް 1.6 މިލިޔަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮރޯނާވައިރަސް އެންމެފަހުން ދުނިޔެއިން ފެނުނު ސަރަހައްދުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެބޮޑު އެއް ރެފިއުޖީ ކޭމްޕްކަމަށްވާ ރޮހިންޔާ ރެފިއުޖީ ކޭމްޕްވެސް ހިމެނެ އެވެ. ބަންގްލަދޭޝްގެ ދެކުނުގައި އޮތް މި ރެފިއުޖީ ކޭމްޕްގައި މިޔަންމާއިން ލާއިންސާނީކޮށް ބޭރުކޮށްލި 1 މިލިޔަނަށްވުރެ މުސްލިމުން ދަނީ ދިރިއުޅެމުންނެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އެމެރިކާގައި މި ވައިރަސްގެ ސަބަބުން ގާތްގަނޑަކަށް 34.3 މިލިޔަން މީހުން ފަގީރުވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. މީގެތެރޭގައި ބޮޑަށް ހިމެނެނީ އެފްރިކާ ނަސްލުގެ މީހުންނެވެ.

މީގެއިތުރުން ރަޝިޔާގައި މިވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 250،000 ފަހަނައަޅާފައިވާއިރު، އެ ހަފްތާއަށްފަހު އެޤައުމުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 10،000އަށްވުރެ ދަށަށް ގޮސްފައެވެ. އެޤައުމުން މިހާތަނަށްވަނީ 2،418 މީހުން މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ