އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/05/2020

ކޯވިޑް-19: މިއަދު 27 މީހުން ޕޮޒިޓިވްވިއިރު، ހަ މީހަކު ބަލިން ރަނގަޅުވެއްޖެ

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 27 މީހެކެވެ. މި 27 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ 982 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

މިއަދު ރާއްޖެއިން 27 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އިތުރު ހަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 46 މީހަކު ބަލިން ރަނގަޅުވެފަ އެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރޭ ދަރުމަވަންތަ ހޮސްޕިޓަލްގައި އޮތް ތިން މީހުންގެ ތެރެއިން އެކަކު ނިޔާވުމާއި ގުޅިގެން މިހާރު އެހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ ދެމީހުން ކަމަށެވެ.

އަދި އޭގެއިތުރުން ޓްރީ ޓޮޕް ގައި ނުވަ މީހަކު އެޑްމިޓްކޮށްފައި ވާއިރު، އޭގެތެރެއިން ދެ މީހަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

ޑރ. އަފްޒަލް މިރޭ ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރިޔަސް އެހެން ގޮތްގޮތުން ސާޖެއް އަތުވެއްޖިއްޔާ އިނގޭނެކަމަށް ޓެގްގެ ފަރާތުން ލަފާދީފައިވާ ކަމަށެވެ. ނަމަވެސް ސާޖެއް އައިކަން ކަށަވަރު ކުރަން ހަމަ ޖެހޭނީ ޓެސްޓުތަކުން ދައްކަން ކަމަށާއި، އަދި ހީކުރިވަރުގެ ސާޖެއް ނާންނަކަމަށް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޯވިޑް-19 ޖެހިގެން ހަތަރު މީހަކު މަރުވެފައެވެ. އެއީ އުމުރުން 80 އަހަރުން މަތީގެ ތިން ދިވެއްސަކާއި މެދު އުމުރުގެ ބިދޭސީއެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ