އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/05/2020

ކޯވިޑް-19 ޖެހިގެން 4 ވަނަ މީހަކު މަރުވެއްޖެ

ކޯވިޑް-19 ގެ ސަބަބުން ހަތަރު ވަނަ މީހަކު މަރުވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 ޖެހިގެން ރާއްޖެއިން ހަތަރު ވަނަ މީހަކު މަރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިރޭ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހާލުބޮޑުވެގެން ފަރުވާދެމުން ދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ. މީގެކުރިން މަރުވެފައިވަނީ އުމުރުން ދުވަސްވީ ދެ ދިވެހިންނާއި، މެދު އުމުރުގެ ބިދޭސީ އެކެވެ.

ރާއްޖެއިން މިއަދުވެސް ވަނީ 40 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އަދި ޖުމްލަ 955 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ކޯވިޑް-19 ޖެހިގެން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑަށް އޮތީ އުމުރުން ދުވަސްވީ މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން މަރުވި ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ.

މީގެ ކުރިން ޑރ. ޝީނާ މޫސާވަނީ މާދަމާއިން ފެށިގެން މިމަހުގެ 31 އާއި ހަމަޔަށް އެއީ ކޯވިޑް-19ގެ ޕީކް ދުވަސްތައް ކަމަށް ވިދާޅުވެފަ އެވެ. އަދި މި މުއްދަތުގައި ރާއްޖެއިން ގާތްގަނޑަކަށް 6000 މީހުންނަށް ވައިރަސް ޖެހޭނޭކަމަށް ޑރ.ޝީނާ ވަނީ ލަފާކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ