އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/05/2020

ކަސްރަތެއްގެ ގޮތުގައި ސިޑިން މައްޗަށް އަރާ ފޭބުމުން ކަކުލަށް ގެއްލުން ލިބޭ: ކަށީގެ ޑޮކްޓަރުން

ކަސްރަތެއްގެ ގޮތުގައި ސިޑިން މައްޗަށް އަރާ ފޭބުމުން ކަކުލަށް ނޭދެވޭ އަސަރު ކުރާނެކަމަށް މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އިން ބުނެފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/05/2020

Maldives Orthopaedic Association
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 ހަލުވިކަމާއެކު ފެތުރޭ މިދަނޑިވަޅުގައި ގިނަ ބަޔަކު ގޭގައި މަޑު ކުރަންވަނީ މަޖުބޫރުވެފައެވެ. މީގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުމުގައި ދަތިތަކާއި ކުރިމަތިވެއެވެ.

ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅަށް ކަސްރަތު ކުރުމަކީ މުހިންމު ކަމެއްކަމަށް ޑޮކްޓަރުން އެެއްބަސްވެއެވެ. ނަމަވެސް ގޭގައި އާންމުކޮށް ކުރާ ކަސްރަތުތައް ނުކުރެވުމުގެ ސަބަބުން އައު ގޮތްތައް ހޯދަން ވަނީ ޖެހިފައެވެ.

އެގޮތުން ކަސްރަތެއްގެ ގޮތުގައި ސިޑިން އަރާ ފޭބުމަކީ އަޅުގަނޑުމެން ތެރެއިން ބައެއް މީހުން ކުރަމުން އަންނަ ކަމެވެ. ނަމަވެސް ދިވެހި ކަށީގެ ޑޮކްޓަރުން ވިދާޅުވަނީ މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

މިޑޮކްޓަރުން ނިސްބަތްވާ މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއެޝަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލޮކްޑައުންގެ ހާލަތުގައި ގޭގައި ކަސްރަތު ކުރަން ޖެހުނު ކަމުގައި ވިއަސް، ކަސްރަތެއްގެ ގޮތުގައި ސިޑިން މައްޗަށް އަރާ ފޭބުމުން ކަކުލަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މިޖަމިއްޔާއިން މިކަމާއި ބެހޭގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް މިއީ ގިނަ ދިރާސާތަކުންނާއި ހޯދުންތަކުން ފެނިފައިވާ ހެއްކެކެވެ.

ގަވާއިދުން ސިޑިން މައްޗަށް އަރާ ފައިބާނަމަ ކަކުލުގެ ކަށިތަކާއި ކާޓިލޭޖަށް ގެއްލުން ލިބެއެވެ.

އިނގިރޭސިވިލާތުގެ ކުއީންސް ޔުނިވަރސިޓީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މިގޮތަށް ކަސްރަތު ކުރުމުން ކަކުލަށް ކުރާ ބާރު 3-6 ގުނަ އިތުރުވެއެވެ.

މީގެ އިތުރުން ކަކުލުގެ ކާޓިލޭޖަށް އަސަރު ކުރުމުން އޮސްޓިއޯއާތުރައިޓިސް ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

އެހެންކަމުން ސިޑިން މައްޗަށް އަރާ ފޭބުމުގެ ބަދަލުގައި އެހެނިހެން ކަސްރަތުތައް ކުރުން ބުއްދިވެރިއެވެ. އެގޮތުން ކޮޓަރީގައި ނުވަތަ ގޭގެ ސިޓިންގ ރޫމްތަކުގައި އެމީހެއްގެ ހަށިގަނޑާއި އުމުރާއި ގުޅޭ ގިނަ ކަސްރަތުތަކެއް ހުރެއެވެ.

ކަސްރަތު ކުރާ އިރު ބޭނުން ކުރަންވީ އެންމެ މުހިންމު ހަރަކާތްތައް އަދި ކަސްރަތު ކުރަން ފަށާއިރު ވިސްނަން ޖެހޭ ބައެއް ކަންތައްތައް "ގްލޯ ފިޓް ޖިމް" އިން ވަނީ ކިޔައިދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ