ކޯވިޑް-19އަށް މިއަދުގެ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 43 މީހުންނެވެ. މި އަދަދާއެކު މިހާތަނަށް ރާއްޖެއިން ވަނީ 835އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 276 ދިވެއްސަކު ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ އަދަދު އުޅެނީ559 އެއްގައެވެ. އޭގެތެރެއިން ކޭސް 86 އެއްގައި ހިމެނޭ މީހާ ވަނީ ފަރުވާ ލިބި މިއަދު ބަލިން ރަނގަޅުވެފަ އެވެ.
އެހެންކަމުން މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ކުރަމުންދަނީ 801 މީހަކަށެވެ. އަދި 30 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މީގެ ދެ ދުވަސްކުރިން ރާއްޖެއިން ޕޮޒިޓިވްވާ ބިދޭސީންގެ އަދަދު ގިނަވި ނަމަވެސް މިއަދުގެ އަދަދު އުޅެނީ ދާދި އެއްވަރެއްގައި ކަމަށެވެ. އެގޮތުން މިއަދު ރާއްޖެއިން ވަނީ ބަންގްލަދޭޝް 20 މީހަކާއި އިންޑިޔާގެ އެކަކު އަދި ދިވެހިންގެ 20 މީހަކާއި ނޭޕާލްގެ ދެމީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 5 އަހަރުގެ އެއް ކުޑަކުއްޖަކު ހިމެނޭއިރު، ދެން މުޅިންވެސް ޕޮޒިޓިވްވެފައި ވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޯވިޑް-19 ޖެހުނު ތިން މީހަކު މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ދެ ދިވެހިންނާއި، މެދުއުމުރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)