އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 10/05/2020

ކޯވިޑް-19 ގެ ދެވަނަ ރާޅަކަށް ސަމާލުވުމަށް ދެކުނު ކޮރެއާ އިން ގޮވާލައިފި

އެގައުމުގައި އައު ކޭސްތައް ފެނިފައިވަނީ ކުރިން ނެގިފައިވާ ފިޔަވަޅުތައް ލުއުކުރަމުންދާ ދަނޑިވަޅެއްގައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 10/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އަލުން ފެތުރެން ފަށާފާނެކަމުގެ ބިރު އޮތް ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ. އެގައުމުގައި އައު ކޭސްތައް ފެނިފައިވަނީ ކުރިން ނެގިފައިވާ ފިޔަވަޅުތައް ލުއުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް މޫން ޖައި-އިން ގައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އައު ކްލަސްޓަރ ތަކެއް ފެނުމުން ދޭހަވަނީ ވައިރަސް ކޮންމެ ވަގުތެއްގައިވެސް ހަލުވިކަމާއެކު ފެތުރިދާނެ ކަމެވެ.

ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހު 34 ކޭސް ރިޕޯޓު ކޮށްފައެވެ. މިއީ އޭޕްރިލް 7 ގެ ފަހުން އެންމެ ގިނަ ކޭސް ރިޕޯޓު ކުރެވުނު ދުވަހެވެ.

އެގައުމުގެ ސަރުކާރުން އަންނަނީ މެއި 13 ގެ ފަހުން ސްކޫލްތައް ހުޅުވުމާމެދު އަދިވެސް މަޝްވަރާ ކުރަމުންނެވެ. އެގޮތުން ސްޓޭޖްތަކަކަށް ބަހާލައިގެން ހުޅުވަން ވިސްނާކަމަށް ހެލްތު މިނިސްޓަރ ޕާކް ނެއުންގް-ހޫ ވިދާޅުވިއެވެ.

ކޮރެއާގެ ވެރި ރަށުގައި އައު ކޭސްތައް ފެނިފައިވަނީ ގައިދުރުކުރުމުގެ ފިޔަވަޅުތަށް ލުއިކޮށް ވިޔަފާރިތަކާއި ސްކޫލްތައް ހުޅުވަން ނިންމާފައިވަނިކޮށެވެ.

ޗައިނާއަށް ފަހު ކޮރޯނާވައިރަސްގެ ކޭސްތައް ރިޕޯޓުކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެއެވެ. ކޮރެއާގެ ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ 20 ގައެވެ.

އެއަށްފަހު މިހާތަނަށް އެގައުމުގައި 10،874 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 256 މީހުން ވަނީ މަރުވެފައެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ