ރޭގެ ވަގުތެއްގައި އައްޑޫ އިން އައިޖީއެމްއެޗްއަށް އައި ބަލިމީހާ ކޯވިޑް-19 އަށް ނެގަޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނުކޮށްފިއެވެ.
މިމީހާއަކީ ކުރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހެކެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ މިމީހާ ބައްޔަށް ނެގަޓިވްވެފައިވާކަން ކަށަވަރުކުރެވިފައިވާ ކަމެވެ. މިގޮތަށް ކަށަވަރުކުރެވެނީ އެމީހާގެ ސާމްޕަލްގެ ނަތީޖާ ދެ ފަހަރަށް ނެގަޓިވް ވުމުންނެވެ.
The patient transferred from Addu Equatorial Hospital to IGMH who was previously found to be POSITIVE is now confirmed as NEGATIVE to COVID-19.
— Health Protection Agency (@HPA_MV) May 9, 2020
އައްޑޫ އިން މިމީހާ އައިޖީއެމްއެޗްއަށް ގެނެވިފައިވަނީ ހިތުގެ ބައްޔަކަށް ބޭސް ކުރުމުގެ ގޮތުންނެވެ.
މިއަދު މެންދުރު އެންއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެފައިވަނީ މިހާރު ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަކީ ކޯވިޑް-ފްރީ ތަންތަން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
މީގެ އިތުރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، ކުރިން ބައްޔަށް ޕޮޒިޓިވްވި ނަރުހެއްވެސް މިހާރު ބައްޔަށް ނެގަޓިވް ވެފައިވާ ކަމަށެވެ.
މިނަރުހަކީ އައިޖީއެމްއެޗުގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި މަސައްކަތް ކުރާ ނަރުހެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)