މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 39 މީހުންނެވެ. މި އަދަދާއެކު ޖުމްލަ ޕޮޒިޓިވްވީ އަދަދު ވަނީ 785 އަށް އަރާފައެވެ.
މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތުން ހިމެނެ އެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 257 ދިވެހިން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު 528 ބިދޭސީން ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި މި ވަގުތު ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނޭ 70 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ދެން ފަރުވާ ދެމުންދަނީ ޕާކިސްތާނުގެ 44 އަހަރުގެ ފިރިހެނަކަށެވެ. އަދި ކޮވިޑް ޖެހުނު 41 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އެ ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ތިން މީހަކު ވަނީ ކޯވިޑް ޖެހިގެން މަރުވެފައެވެ. އެއީ ދެ ދިވެހިންނާއި ބްނގްލަދޭޝް ރައްޔިތެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)