އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/05/2020

ކޯވިޑް-19: އިތުރު 96 ކޭސް އާއެކު، ޖުމްލަ އަދަދު 744 އަށް އަރައިފި

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ 96 މީހަކު ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

އިތުރު 96 މީހަކަށް ވައިރަސްޖެހި ޖުމްލަ އަދަދު ވަނީ 744 އަށް އަރާފައެވެ.

ރޭވެސް ވަނީ ރާއްޖެއިން ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު ރާއްޖެއިން ވަނީ 86 މީހަކު ބައްޔަށް ޕޮޒިޓިވެފައެވެ. އެއީ ބަންގްލަދޭޝްގެ 67 މީހަކާއި 14 ދިވެހިންގެ އިތުރުން އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާ އާއި ނޭޕާލްގެ މީހެކެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި 86 މީހުންގެ ތެރޭގައި ހިމެނެނީ އެކްޓިވް ސާވެލަންސް ނުވަތަ ރެންޑަމްކޮށް ސާމްޕަލް ނެގި މީހުންނާއި ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅުނު މީހުންނެވެ.

އެއަށްފަހު މިރޭވަނީ އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ބަންގްލަދޭޝްގެ ރައްޔިތުންނާއި 4 ދިވެހިންނެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގެ ދުވަސްތަކަށްވުރެ މި ހަފުތާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު މަދެވެ. މިއަދަކީ މިދިއަ ހަތް ދުވަސްތެރޭ އެންމެ ގިނަ މީހުން ޕޮޒިޓްވީ ދުވަހެވެ.

ރާއްޖޭގެ ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޕީކް ޑޭ ގައި 1،500 ވުރެ ގިނަ ބަޔަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހިގެން ވަނީ ތިން މީހަކު މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. އޭގެތެރެއިން ތިންވަނަ މީހާ މަރުވީ ރޭގަ އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ދެތިން ދުވަސް ފަހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ