އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/05/2020

ކޯވިޑް-19: މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 20 މީހުން، ޖުމްލަ 642

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 20 މީހެކެވެ. މި އަދަދާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 642 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 214 ދިވެހިންނާއި 428 ބިދޭސީންނެވެ. އޭގެތެރެއިން 20 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާތަނަށް ކޯވިޑް-19 ޖެހުނު ދެ މީހަކު ވަނީ މަރުވެފަ އެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ރާއްޖެއިން ފެނުނު 20 ކޭސް ފެނުނު ނަމަވެސް ސިމްޓަމެޓިކް މީހުންނާއި އަދި ކޮންޓެކްޓްސް ވެސް ފަހަކަށް އައިސް ފެންނަލެއް މަދުކަން ފާހަގަކުރެވޭކަމަށެވެ.

މިއަދު ފެނުނު 20 ކޭސް އާއި ގުޅިގެން އައު ކޮންޓެކްސްގެ ގޮތުގައި މިއަދު ފާހަގަކުރެވިފައިވަނީ 241 މީހުންނެވެ.

މީގެއިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވަނީ ރާއްޖެއިން 77،000 މީހުންނަށް ކޯވިޑް-19 ޖެހޭނެކަމަށް ލަފާކޮށްފަ އެވެ. އެގޮތުން ޕީކްގެ 14 ދުވަސް ކަމަށްވާ މެއި 15 އިން 30 މެއިގެ ނިޔަލަށް 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށާއި، މީގެ އިތުރުން ޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށް ޑރ. ޝީނާ ވަނީ ލަފާކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ