އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/05/2020

ޑރ. އިސްމާއިލްގެ ނަޒަރުގައި މިއީ ނޭވާލާ ނިޒާމް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން

މިހާރު ފެތުރޭ ކޮރޯނާވައިރަސްގެ ސަބަބުން އިންސާނާގެ ނޭވާލާ ނިޒާމަށް ވަނީ އިތުރު ސަމާލުކަމެއް ލިބިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/05/2020

Dr Mohamed Ismail Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖެއަށްވެސް މިވަނީ ހަމަނޭވާލާން ދަތިވެފައެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއް އިންސާނާގެ ފުއްޕާމެއަށް ވާސިލްވާކަމަށް ބުނުމުން އެންމެންގެ ވެސް މަސައްކަތަކަށްވީ މިވައިރަހުން ރައްކާތެރިވުމަށް ކުރެވެން އޮތްކަމެއް ކުރުމަށެވެ.

އަތްދޮވުމުން ފެށިގެން މޫނާއި ދެއަތްތިލަ ނިވާކުރުމާއި އަދި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަކީ މިއީ ސިއްހީ މާހިރުން މި ދުވަސްވަރު އެންމެ ބޮޑަށް އިރުޝާދު ދޭ ކަންކަމެވެ. އޭގެއިތުރުންވެސް މިފަދަ ދަނޑިވަޅެއްގައި އަމިއްލަ މީހާ ދުޅާހެޔޮކަން މަތީގައި ހުރުމަށް ކުރެވިދާނޭ ގިނަ ކަންކަމެއް އެބަހުއްޓެވެ. ހާއްސަކޮށް މި ވައިރަހުގެ އަސަރު އެންމެބޮޑަށް ކުނޭވާލާ ނިޒާމުކަމަށް ވުމުން ނޭވާލާނިޒާމު ސާފުކޮށް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކުރެވިދާނޭ ކަންކަން އެނގުމާއި އަދި އެކަންކަމަށް އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި ލިޔުމުގައި މި ގެނެސްދެނީ ކޮރޯނާވައިރަސް ޕެންޑަމިކްގައި ނޭވާލާ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އިސްމާއިލްގެ ނަޒަރުގައި ކުރެވިދާނޭ ބައެއް ކަންކަމެވެ.

 

1. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އަބަދުވެސް ސިއްހަތަށް ގެއްލުންދޭ ކަމެކެވެ. ހާއްސަކޮށް ދުންފަތުގެ އިސްތިއުލާކުރާ މީހުންނަށްވުރެ އެމީހުން ކައިރީގައި ދިރިއުޅޭ މީހުންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން ދެގުނަވެއެވެ.

ދުންފަތަކީ އިންސާނާ ކެންސަރަށް މަގުފަހިކުރުވާ އެއް ވަސީލަތެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އުމުރު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވުރެ ކުރުކަމަށް މީގެކުރިން ހަދާފައިވާ ދިރާސާތަކުންވެސް ވަނީ ދައްކާފައެވެ.

އަދި އެންމެ މުހިއްމު ކަމަކީ ކޯވިޑް-19ގެ ހައި ރިސްކް މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ހިމެނުމެވެ.

2. ޤަވާއިދުން ކަސްރަތުކުރުން

ކަސްރަތުކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވޭނޭ އެންމެ މުހިއްމު އެއް ކަމެވެ. އެހެންނަމަވެސް ލޮކްޑައުންގެ މިހާލަތުގައި ބައެއް މީހުންނަށް ކަސްރަތު ކުރުމަކީ ބޮޑު ވޭނެއް ކަހަލަ ކަމެކެވެ.

ހަނދާން ބަހައްޓަންވީ ކަމަކީ ކަސްރަތުކުރަން ކޮންމެހެން އަގުބޮޑު ޖިމެއް ނޫނީ ރަށްވަށާ ހަ ބުރު ކޮންމެހެން ޖަހަން ނުޖެހޭނޭ ކަމެވެ. ގޭގައި އަމިއްލަ ކޮޓަރީގައި ވެސް ކަސްރަތު ކުރެވިދާނެ އެވެ. އެކަމަށްޓަކައި ކޮންމެ ދުވަހެއްގެ ޝެޑިއުލްއިން 30 މިނިޓް ހުސްކޮށްލިޔަސް ވާނެއެވެ.

ހަރަކާތް ގިނަ ކަސްރަތުކުރަން ދަތިވާނަމަ، ޔޯގާ ކަހަލަ މަޑުމައިތިރި ކަސްރަތެއް ކޮށްލެވިދާނެއެވެ. މިއީ ސިކުނޑި ތާޒާކޮށްދީ ދުޅަހެޔޮކޮށްދޭނޭ ކަސްރަތެއް ކަމަށް ގިނަ ސިއްހީ މާހިރުން އެއްބަސްވެއެވެ.

3. ކެއުމުގައި މޭވާ އާއި ތަރުކާރީ ހިމެނުން

މި ދުވަސްވަރު ތާޒާ މޭވާ އާއި ތަރުކާރީ ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ކޮންމެހެން އިސްރާފު ވާވަރަށް މި ތަކެތި ނުހޯދި ނަމަވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި މި ބާވަތްތައް ލިބުނު ވަރަކުން ހިމަނާލާށެވެ.

މޭވާ އާއި ތަރުކާރީ ގެ ސަބަބުން އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް ކެއުމެއްގައި މި ބާވަތްތައް ހިމަނާނަމަ ސްޓްރެސް އީޓިން ފަދަ އާދަތަކާއި ދުރުވެ ދުޅހެޔޮކޮށް ތިބުމަށް އެއްބާރުލުމަކަށް ވާނެއެވެ.

4. ހިރަފުސް ފަދަ އެލާޖިކް ވާ ތަކެތިން ދުރުވުން

މި ދުވަސްވަރު ވީހާވެސް ބޮޑަށް ރޯގާ ފަދަ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި ކުރެވެން އޮތް މަސައްކަތެއް ކުރަން ވާނެއެވެ. އެގޮތުން ގޭތެރެ ހިރަފުސް ވިޔަނުދީ ސާފުތާހިރުކޮށް ބެހެއްޓުމާއި އަދި ފަސޭހައިން އެލާޖިކް ވާ ކަންކަމުން ދުރުވުން މުހިއްމެވެ.

ބައެއް މީހުން އެލާޖިކްވާ ކާއެއްޗެހީގެ ތެރޭގައި ކިރު، ބިސް، މަސް، އަދި އެކިވައްތަރުގެ ނަޓްސް ވެސް ހިމެނެއެވެ.

 

އަހަރެމެން ކޮންމެ ދުވަހަކު ކުރަމުން އަންނަ ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހުމަކީ އުނދަގޫކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ދިރިއުޅުމަށް މާބޮޑު ބަދަލުތަކެއް ނުގެނައި ނަމަވެސް އިސްވެ ފާހަގަކުރި ކަންކަމުގައި ދެމިހުރެއްޖެނަމަ، ނޭވާލާނިޒާމާއި ހަށިގަނޑުގެ އެހެން ނިޒާމްތައް ދުޅަހެޔޮކޮށް ބެހެއްޓިދާނޭކަމަށް ޑރ. މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ