އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 07/05/2020

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ހަމަޖައްސައިފި

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދުވާލަކު 200-500 ރުފިޔާއާ ދެމެދުގެ އަލަަވަންސެއް ދޭން ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު އިއުލާނު ކުރައްވައިފިއެވެ. (ފޮޓޯ: އަވަސް)
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 07/05/2020

Finance Minister Ibrahim Ameer
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއްދޭން ސަރުކާރުން ނިންމައިފި އެވެ.

މިއަދު އެންއީއޯސީގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ހައިރިސްކް ކަމަށް ބެލެވެނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ޖެހޭ ފަރާތްތައް ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ލެބް ޓެކްނިޝަނުން، ސާމްޕަލް ނެގުމުގެ ކަންތައް ކުރާ ފަރާތްތައް އަދި ބަލިމީހާ އުފުލާ އުޅަނދުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ. ބަލިމީހުން އެޑްމިޓްކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ދެވަނަ ގިންތީގެ ފަރާތްތަކަކީ ނުވަތަ މީޑިއަމް ރިސްކް ފަރާތްކަކީ ހައި ރިސްކް ފަރާތްތަކާއި އެކު މަސައްކަތްކުރާ ފަރާތްތަކެވެ. މިގިންތިއަށް ފެތޭ މީހުން ސީދާ ބަލިމީހާއާއި ބައްދަލެއް ނުވާނެއެވެ.

ލޯ ރިސްކް ކަމަށް ބެލެވެނީ ކުރީގެ ދެ ކެޓަގަރީއަށް ނުފެތޭ މީހުންގެ ތެރެއިން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސަައްކަތް ކުރާ މީހުންނެވެ.

މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އިދާރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ޑެޕިޔުޓީ މިނިސްޓަރެއްގެ މުސާރައާ އެއްހަމައެއްގެ މުސާރަ ލިބޭ ފަރާތްތަކަށް މި އެލަވަންސް ނުލިބޭނެ ކަމަށެވެ. 

އޭގެ އިތުރުން، މި ކަމާ ގުޅިގެން، މިހާރުވެސް ހާއްސަ އެލަވަންސެއް ދޭ އިދާރާއެއްގެ މުވައްޒަފުންނަށް މި އެލަވަންސް ސްކީމުގައި ނުހިމެނޭކަމަށް އަމީރު އިތުރަށް ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ