އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/05/2020

ކޯވިޑް-19: މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 43 މީހުން

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 43 މީހެކެވެ. މި 43 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ 617 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
 
މިއަދު ޕޮޒިޓިވްވި 43 މީހުންގެ ތެރޭގައި ހިމެނެނީ 33 ބަންގްލަދޭޝް ރައްޔިތަކާއި، އިންޑިޔާ ދެ މީހެއްގެ އިތުރުން 8 ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވިލިމާލޭ ފެރީޓާމިނަލުގައި މަސައްކަތް ކުރާ އެމްޓީސީސީ މުވައްޒިފަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
 
އަދި މީގެއިތުރުން މިއަދު އައިޖީއެމްއެޗަށް ވިހަން ގެންދިޔަ މާބަނޑު މީހެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.  އަދި މިއަދު ޕޮޒިޓިވްވި މާބަނޑުމީހާ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ދެދުވަސްކުރީން ކަމަށާއި އޭނާގެ ފަރާތުން އަލާމާތެއް ނެފެންނަ ކަމަށް ކޮވިޑް-19 އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މަހައްމަދު މަބްރޫކް އަބްދުލް އަޒީޒު މިރޭ ވަނީ ވިދާޅުވެފަ އެވެ.
 
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1 މީހަކު ވަނީ މަރުވެފައެވެ. އަދި 20 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.


ލިޔުމުގައިވާ އަދަދުތަކަކީ 06/05/2020 21:30 ގެ ނިޔަލަށް ލިބިފައިވާ އަދަދުތައް

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ